ދިވެހިރާއްޖެ
އިޢުލާން
ރ. ވާދޫ ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ ފަރުމާކުރުމުގެ މުބާރާތާއި ގުޅޭ
މި އިދާރާގެ ރަސްމީ ލޯގޯ ފަރުމާކުރުމުގެ މުބާރާތް ބޭއްވުމަށް ކުރެވުނު ނަންބަރު (IUL)299/299/2026/23 (08 ޖުލައި 2026) އިއުލާނާއި ގުޅިގެން ލޯގޯ ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އިތުރު ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ދިނުމުގެ ގޮތުން، އެ އިއުލާން ބާތިލުކޮށް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026 ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މިއިޢުލާނާއިއެކު އާންމުކުރެވިފައިވާ "ކައުންސިލްގެ ރަސްމީ ލޯގޯ ފަރުމާ ކުރުމާއި ގުޅޭ މަޢުލޫމާތު ކަރުދާސް" ގައި ބަޔާންކޮށްފައިވާ ގޮތަށް، ހުށަހެޅުންތަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ބަޔާންކުރެވިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ ހުށަހެޅުންތަށް ބަލައި ނުގަނެވޭނެކަމުގައި ވެސް ދެންނެވީމެވެ.
މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.