ދިވެހިރާއްޖެ
އިޢުލާން
މަސްކެވޭ ޒާތުގެ ދިރޭ ތަކެތި ގެންގުޅުމަށް ވާދޫ އިން ބިން ކުއްޔަށް ދޫކުރުން
މަސްކެވޭ ޒާތުގެ ދިރޭތަކެތި ގެންގުޅުމަށް ބޭނުންވާ ފަރާތްތަކަށް ރ.ވާދޫއިން ވަގުތީ ބިން ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލަމެވެ.
މިފުރުސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1350 އަކަފޫޓުގެ 4 ބިމެވެ.
ވީމާ، މި ބިންތަކަށް އެދި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން 2026 އޮގަސްޓް 23 ވަނަ ދުވަހުން ފެށިގެން 2026 ސެޕްޓެމްބަރ 06 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް) ބީލަމުގައި ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީ ކުރުމަށް، މި އިއުލާނާއިއެކު އާއްމު ކުރެވިފައިވާ ބީލަން ފޮތް ގަތުމަށް އެދޭ ފޯމު ފުރިހަމަކޮށް މިއިދާރާގެ [email protected] އަށް މެއިލް ކުރަންވާނެއެވެ. ފޯމު ލިބުނުކަން ކަށަވަރު ކުރުމަކީ ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ. ބީލަން ފޮތް ދޫކުރާނީ ބީލަން ފޮތް ގަތުމަށް އެދޭ ފޯމާއިއެކު، ބީލަން ފޮތް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތުގެ (ސޮފްޓް ކޮޕީގެ) އަގަކީ 500.00 (ފަސްސަތޭކަ ރުފިޔާ) އެވެ.
މި ބީލަމާއި ގުޅިގެން ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2026 ސެޕްޓެމްބަރ 06 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:30 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ. އަދި 2026 ސެޕްޓެމްބަރ 20 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަންތައް ކެނޑުން އޮންނާނީ 2026 ސެޕްޓެމްބަރ 20 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:01 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގަ އެވެ. ބީލަމާއިގުޅޭ އެންމެފަހުގެ މައުލޫމާތު މިއިދާރާއިން ހޯދުމަކީ، ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.