ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-CSI/468/2026/157
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 31 އޮގަސްޓް 2026 00:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީގޮތުން ފުވައްމުލަކު ސިޓީގެ މަގު ބަންދުކުރުމާއި ގުޅޭ

 ފުވައްމުލަކު ސިޓީގެ މަގުތައް އަމިއްލަ ބޯޑު ބޭނުންކޮށްގެން ބަންދުކޮށް އެކި ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ދަނީ ފާހަގަކުރެވެމުންނެވެ. އަމިއްލަ ބޯޑު ބޭނުންކޮށްގެން މަސައްކަތްކުރުމަކީ ފުވައްމުލަކު ސިޓީގެ ޤަވާއިދު ނަންބަރު (2019/R-967) ވަގުތީ ގޮތުން މަގުބަންދުކުރުމުގެ ޤަވާއިދުގެ ދަށުން މަނާކަމެކެވެ.

މިސިޓީގައި މަގު ބަންދުކޮށްގެން މަސައްކަތްކުރަންޖެހިއްޖެ ހާލަތެއްގައި އެމަސައްކަތެއް ކުރުމަށްޓަކައި ފުވައްމުލައް ސިޓީ ކައުންސިލްގެ ހުއްދަ ހޯދަންވާނެއެވެ. އެގޮތުން މަގު ކޮނުން، ތަކެތި ވަޅުލުން، އިމާރާތްކުރުމުގެ މަސައްކަތް، އިޖްތިމާއީ މަސައްކަތް އަދި އެހެނިހެން މަސައްކަތް ކުރުމަށް މަގު ބަންދުކުރާނީ މަގު ބަންދުކުރުމާއި ބެހޭ ޤަވާއިދު (2019/R-967) އަދި މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާއި ބެހޭ ޤަވާއިދު (2019/R-967) ގައިވާ ގޮތުގެ މަތިން ނަގަންޖެހޭ ހުއްދަ ނެގުމަށްފަހު، މަގުމަތީގައި މަސައްކަތްކުރާއިރު މަގު ބަންދުކުރުމަށް ކައުންސިލުން ދޫކުރާ ބޯޑު ބޭނުންކޮށްގެން ކަމުގައި ދަންނަވަމެވެ.

 ވަގުތީ ގޮތުން މަގުބަންދުކުރުމުގެ ޤަވާއިދާއި ޚިލާފުވާ ފަރާތްތަށް ބަލައި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު މަތީގައި ދެންނެވިފައިވާ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެވާހަކަ ވެސް ދަންނަވަމެވެ. 

20 އޮގަސްޓް 2026