ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-PJ/301/2026/59
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި:
20 އޮގަސްޓް 2026 20:45
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރ. އަނގޮޅިތީމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ ގަވާއިދު ޑްރާފްޓަށް ހިޔާލު ހޯދުން
މި އިދާރާގެ ނަންބަރު (IUL)301-PJ/301/2026/56 06 އޮގަސްޓު 2026
އިއުލާނަށް އިޖާބަދީ ރ. އަނގޮޅިތީމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ ގަވާއިދުގެ ޑްރާފްޓަށް ހުށަހަޅާފައިވާ ހިޔާލުތަކާއި އިތުރަށް އެ ގަވާއިދުގެ ޑްރާފްޓަށް މަޝްވަރާކުރުމަށް މި މަހުގެ ތެރޭގައި ބައްދަލުވުމެއް ބާއްވާނެކަން ވާނީ އިއުލާންކޮށްފައެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޮގަސްޓް 20 ވާ ބުރާސްފަތި ދުވަހުގެ ރޭ (މިރޭ) 20:45 ގައި މާނާބާރުނަ މާލަމްގައެވެ.
ވީމާ ، މިބައްދަލުވުމަށް ރަށުގެ ދަނޑުވެރިންނާއި ރަށުގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 އޮގަސްޓް 2026