ނީލަން
ނަންބަރު: (I)288/2026/051
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 21 އޮގަސްޓް 2026 09:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ތަކެތި ނީލަން ކިޔުމާގުޅޭ

މި އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުއްކޮށް ބައުވެފައިވާ ތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މި ނީލަމުން ތަކެތި ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު އަރުވަމެވެ.

            ނީލަން ކުރިއަށް ދާނީ 2026 އޮގަސްޓު 21 ވާ ހުކުރު ދުވަހުގެ ހެނދުނު 09:00 ފެށިގެން ވޭސްޓް މެނޭޖްމަންޓް ސެންޓަރގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރަތްތަކުން، 2026 އޮގަސްޓް 23 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފައިސާ މިއިދާރާގެ ނަންބަރު: 7720-700438-001 (1328 ރެވެނިއު 1) އެކައުންޓަށް ޖަމާކުރެއްވުމަށްފަހު ފައިސާ ޖަމާކުރެއްވި ސްލިޕް 7763264 ނުވަތަ ނަންބަރަށް ވައިބަރ ނުވަތަ ޓެލެގުރާމު ކުރަންވާނެއެވެ. އަދި ނީލަމުން ނެންގެވި ތަކެތި 2026 އޮގަސްޓް 23 ވާ އާދިއްތަ ދުވަހުގެ 15:30 ގެ ކުރިން ގެންދަންވާނެއެވެ. އަދި މި މުއްދަތުގެ ފަހުން ނުގެންދަވާ ތަކެތި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ނައްތާލެވޭނެއެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް އިއުލާނާއެކު އެއްކަރުދާސް ކުރީމެވެ.

19 އޮގަސްޓް 2026