ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2026/050
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި:
31 އޮގަސްޓް 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަފަރީގައި ހައިޑްރޯޕޯނިކްސް ދަނޑުވެރިކަން ހިންގުމަށް ފުރުޞަތު ހުޅުވާލުން
މިލަދުންމަޑުލު ދެކުނުބުރީ ނ.ކުޑަފަރީގައި "ފެހިކުރަމާ" ޕްރޮގްރާމުގް ދަށުން ގާއިމްކޮށްފައިވާ ގްރީންހައުސްގައި ހައިޑްރޯޕޯނިކްސް ފަންނު ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް 5 އަހަރުގެ މުއްދަތަކަށް މި މަސައްކަތް ހިންގުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޕްރޮޕޯސަލް ހުށައެޅުމުގެ ބައްދަލުވުން ކުރިއަށް ދާނީ 2026 އޮގަސްޓު 31 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި ކައުންސިލް އިދާރާގައެވެ .
ޕްރޮޕޯސަލް ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިއުލާނާއި އެއްކަރުދާސްކޮށްފައިވާ މައުލޫމާތު ޝީޓުގައިވާ ލިޔެކިޔުންތަކާއެކު ޕްރޮޕޯސަލް ހުށަހެޅުމަށް އެއްކަރުދާސްކޮށްފައިވާ ނަމޫނާއާއި އެކު ހުށަހެޅުމަށް ދައުވަތު އެރުވީމެވެ.
19 އޮގަސްޓް 2026