މަސައްކަތް
ނަންބަރު: (IUL)GS-51/GS-51/2026/08
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 27 އޮގަސްޓް 2026 13:00
މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
މަދްރަސަތުލް އިފްތިތާޙުގައި އުފެދޭ ކުނި ކުނިކޮށްޓަށް އުކާލުމުގެ މަސައްކަތް

  • ކުނިއުކާލަދިނުމުގެ މަސައްކަތް

1-    މަދްރަސަތުލް އިފްތިތާޙްގައި އުކާލަންޖެހޭ ކުނި ކުނިކޮށްޓަށް ގެންގޮސްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2-    މިމަސައްކަތަށް ކުރެވުނު އިއުލާން ނަމްބަރ:IUL)GS-51/GS-51/2026/02 )  އިއުލާނާއި ގުޅިގެން ޝަރުތު ހަމަވާ ފަރާތެއް ހުށަހަޅާފައިނުވާތީ އެއިއުލާނު ބާތިލް ކުރީމެވެ.

3-     މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޮގަސްޓު 18 ން 23 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

4-     "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/3YGvjKduqiEzeJFJ8

5-    މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޮގަސްޓު 24 ވަނަ ދުވަހުގެ 11:00 ގެކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

6-    ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޮގަސްޓު 27 ވަނަ ދުވަހުގެ 13:00 ގައިމަދްރަސަތުލް އިފްތިތާޙު ގައެވެ.

7-    މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

8-    މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން / މަދްރަސަތުލް އިފްތިތާޙު ، ޅ.ނައިފަރު

ފޯން:  6620288,6620009

އީ-މެއިލް: . [email protected]

18 އޮގަސްޓް 2026