ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/353/2026/62
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:20
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ބޭނުމަށް (ސަޕޯރޓިންގ ލޭންޑުގެ ގޮތުގައި) ބިންދޫކުރުމުގެ އުސޫލަށް ގެނެވުނު އިޞްލާޙާގުޅޭ

 

އިޢުލާނު

ވަގުތީ ބޭނުމަށް (ސަޕޯރޓިންގ ލޭންޑުގެ ގޮތުގައި) ބިންދޫކުރުމުގެ އުސޫލަށް ގެނެވުނު އިޞްލާޙާގުޅޭ

ވަގުތީ ބޭނުމަށް (ސަޕޯޓިންގް ލޭންޑުގެ ގޮތުގައި) ބިން ދޫކުރުމުގެ އުސޫލު އިޞްލާޙްކުރެވި، މިއިދާރާގެ ނަންބަރު: (IUL)353/353/2026/58 އިޢުލާނުން

09 އޮގަސްޓް 2026 ގައި އާންމު ކުރެވިފައިވީ ނަމަވެސް، މި އިޞްލާޙްގެ ކުރިން ވަގުތީ ބޭނުމަށް ސަޕޯޓިންގް ލޭންޑުގެ ގޮތުގައި ބިން ދޫކުރެވި އެއްބަސްވުން އެކުލަވާލެވިފައިވާ ފަރާތްތަކުގެ އެއްބަސްވުންތައް ބާޠިލުނުވެ، އެ އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން ދެމިއޮންނާނެ ވާހަކަ ދަންނަވަމެވެ.

އަދި އަލަށް ގެނެވުނު އިޞްލާޙްތަކަށް ޢަމަލުކުރަން ފެށޭނީ، އުސޫލު އިޞްލާޙްކުރެވުނު ތާރީޚުގެ ފަހުން އެކުލަވާލެވޭ އެއްބަސްވުންތަކަށް އެކަނިކަން، އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

18 އޮގަސްޓް 2026