ބީލަން
ނަންބަރު: (IUL)345-CAA/345/2026/58
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 26 އޮގަސްޓް 2026 14:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ :

އިޢުލާން

 އަންދާސީ ހިސާބު ބޭނުންވެއްޖެ :

 

 

ބަނދަރު ސަރަހައްދުގައި ވޯކްޝޮޕް، ގުދަން، އެހެނިހެން އިގްތިސާދީ މަސައްކަތްތައް ކުރުމަށް ބިން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ފުރުސަތުގައި ހުޅުވާލެވިފައިވަނީ 85*20 ފޫޓުގެ 1 ބިމެވެ.

  • ސިނާއީ ބިން 3 (20*85) 1700 އަކަފޫޓް.

 

ބިޑް ރަޖިސްޓްރީ ކުރުން:

މިބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލްގައި ބިޑް ރެޖިސްޓަރ ކުރަންވާނެއެވެ. ބިޑް ރަޖިސްޓަރ ކުރާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމުންނެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 26 އޮގަސްޓް 2026 (ބުދަ) އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. ބިޑް ރަޖިސްޓްރޭޝަންގެ ފީއަކީ -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ އެވެ. އަދި އއ.މާޅޮހު ކައުންސިލުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކަށް ބީލަމާބެހޭ އެންމެހާ މަޢުލޫމާތު ފޯރޮކޮށްދެވޭނެއެވެ.

ބިޑްހުށަހެޅުން:

މި މަސައްކަތުގެ ބިޑް ހުށަހެޅުން އޮންނާނީ 27 އޮގަސްޓް 2026 (ބުރާސްފަތި) ދުވަހުގެ 10:30 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމުގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ނޯޓް: މެއިލްމެދުވެރިކޮށް ހުށަހަޅާ ބިޑްތަށް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

މި މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 26 އޮގަސްޓް 2026 (ބުދަ) ދުވަހުގެ 14:00 ގެކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާއި ގުޅުއްވައިގެން ނުވަތަ[email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

17 އޮގަސްޓް 2026