ބީލަން
ނަންބަރު: (IUL)393/393/2026/52
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 24 އޮގަސްޓް 2026 10:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢި ސަރަޙައްދު ކުނިކަހައި ސާފު ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢްލާން

އިޖުތިމާޢި ސަރަޙައްދު ކުނިކަހައި ސާފު ކޮށްދޭނެ ފަރާތެއް ހޯދުން

           ކިނބިދޫ އިޖުތިމާޢީ ސަރަހައްދާއި ރައްޔިތުންގެ ޢިމާރާތްތަކުގެ ގޯތިތައް ކުނިކަހައި ސާފުކޮށް ބަލަހައްޓައި ދިނުމުގެ މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތް/ ޚިދުމަތް ފޯރުކޮށްދިނުމުގެ މުއްދަތަކީ މީލާދީ 1 އަހަރު ދުވަހެވެ.

ބީލަން ފޯމް ދޫކުރުން

  1. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓް 2026 ން ފެށިގެން 24 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 10:00 ގެ ނިޔަލަށެވެ. 
  2. ބީލަން ފޯމެއްގެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ.
  3.  ބީލަން ފޯމް ދޫކުރާނީ މިއިދާރާގެ ކައުންޓަރުންނެވެ. (ފޯމު ދޫކުރާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ.) އަދި އީމެއިލް މެދުވެރިކޮށް ރިކުއެސްޓް ކުރާ ފަރާތްތަކަށް ފޯމު މެއިލް ކޮށްދެވޭނެއެވެ.
  4. ބީލަން ފޯމް ބަލައިގަނެވޭނީ މިއިދާރާއަށް ދުރުވެ ފައިސާ ދެއްކުމުން ނުވަތަ މިއިދާރާގެ ނަންބަރ: 7725700293001 އެކައުންޓަށް ފައިސާ ޖަމާކޮށް ފައިސާ ދެއްކި ސްލިޕްކޮޅު އިދާރާގެ އީމެއިލް: [email protected]  އަށް މެއިލް ކުރުމުންނެވެ.

 

މަސައްކަތުގެ އަގު

މި މަސައްކަތަށް ހުށައެޅޭނެ އެންމެ ބޮޑު އަގަކީ -/25000ރ (ފަންސަވިސްހާސް ރުފިޔާ) އެވެ.

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

ބީލަން އޮންނަންވާ ގޮތް

  1. ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ.
  2. ބީލަން ހުށައަޅާނީ އިޢުލާނުގައި ބަޔާންކޮށްފައިވާ "ބީލަން ހުށައަޅާ ފޯމު" ންނެވެ.
  3. ބީލަން ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އިޢުލާނު ނަންބަރާއި މިއީ ކޮން ކަމަކަށް ހުށައެޅޭ ބީލަމެއްކަން ލިޔެފައި އޮންނަންވާނެއެވެ.

 

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ.

 

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ.

 

                    4 ރަބީޢުލްއައްވަލު 1448 ހ

17 އޮގަސްޓް 2026