ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/120/2026/30
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 20 އޮގަސްޓް 2026 12:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގައި މިޑިޕާޓްމަންޓްގެ ފަރާތުން ލޭޓް އެންޓްރީ މުއްދަތުގައި ބައިވެރިވި ޕްރައިވެޓް ކެންޑިޑޭޓުންނަށް ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުން.

2026 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާނުގެ ލޭޓް އެންޓްރީ މުއްދަތުގައި ބައިވެރިވި ޕްރައިވެޓް ކެންޑިޑޭޓުންނަށް ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުން  2026 އޮގަސްޓް 17 ވާ ހޯމަ ދުވަހުން ފެށިގެން މި ޑިޕާޓްމަންޓުގެ ކައުންޓަރުން ދޫކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ.

ސްޓޭޓްމެންޓް އޮފް އެންޓްރީ ގައި އެއްވެސް މައްސަލައެއް އޮތްނަމަ 2026 އޮގަސްޓް 20 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، ސާރވިސް ރިކުއެސްޓް ފޯމް ފުރިހަމަ ކުރުމަށްފަހު ކެންޑިޑޭޓުގެ އައި.ޑީ ކާޑާއި ސްޓޭޓްމެންޓް އޮފް އެންޓްރީގެ ކޮޕީއަކާއެކު މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ނުވަތަ ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

އީމެއިލް : [email protected]

ނޯޓް: އިތުރު އިޞްލާޙެއް ހުށަހެޅުމަށް މި ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ދަރިވަރުންގެ އަމިއްލަ މަޢުލޫމާތު އިޞްލާޙުކުރުމާއި، މާއްދާއެއް އުނިކުރުމަށް (ވިތްޑްރޯ ކުރުމަށް) އެދި ހުށަހަޅާ ހުށަހެޅުންތައް އެކަންޏެވެ. މިނޫން އެއްވެސް ބަދަލެއް ގެނައުމަށް ހުށަހަޅާ އެމެންޑްމަންޓެއް މިހާރު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

17 އޮގަސްޓް 2026