|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމު
|
އެސޯސިއޭޓް ކައުންސިލް އޮފިސަރ
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ގިންތި އާއި މުއްދަތު
|
ކޮންޓްރެކްޓް އެމްޕްލޮއިމެންޓްގެ ދަށުން 3 މަސް
|
|
ޕަބްލިކް ސަރވިސް ރޭންކް
|
ރޭންކް 4 – ސްޓެޕް 1
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އައްޑުއަތޮޅު އައްޑޫމީދޫ ކައުންސިލްގެ އިދާރާ
|
|
މުސާރަ
|
8505.00/-
|
|
މަޤާމުގެ އެލަވަންސް
|
2555.00/-
|
|
ޙާޒިރީ އެލަވަންސް
|
ހާޟިރުވާ ދުވަހަކަށް -/70.00 ރުފިޔާ
|
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
- ވަޒީފާއަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަތުން.
- ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް އިންޓަރވިއުއަށް ހާޟިރުވުމަށް އެންގުމާއި، ޝޯޓްލިސްޓް ނުވާ ފަރާތްތަކަށް އެކަން އެންގުން.
- ކޮންޓްރެކްޓް މުވައްޒަފުންނާ ގުޅޭ އެންމެހާ މަސައްކަތްކުރުން. އެގޮތުން މި އިދާރާގެ މަގާމުތަކަށް ކުރިމަތިލާ މުވައްޒަފުންގެ އޭ2 ޝީޓްތައް ޗެކްކުރުމާއި، ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ޗިޓް ތައްޔާރުކުރުމާއި، ވަޒީފާގެ އެއްބަސްވުން އަދި ވަޒީފާ ބަޔާން އެ މުވައްޒަފާ ހަވާލުކޮށް އެކަމާ ގުޅޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ވަޒީފާއަށް ކުރިމަތިލަފަރާތްތަކުގެ އިންޓަރވިއު ބޭއްވުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
- ވަޒީފާ ހަމަޖެހޭ އަދި ވަޒީފާއިން ވަކިވާ މީހުންގެ މައުލޫމާތު އައި.ޓީ އަދި ފައިނޭންސް އަދި އެހެނިހެން ކަމާގުޅޭ ސެކްޝަންތަކަށް / އޮފީސްތަކަށް ފޮނުވުން.
- ޙަވާލުކުރެވިފައިވާ މަސައްކަތާއިގުޅިގެން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ،މެސެޖު ފަދަ ލިޔުންތައް ލިޔެ ފޮނުވުމާއި އޭގެ ރެކޯޑު ބެލެހެއްޓުން.
- ސީ.އެސް ވިއުގަ މެދުވެރިކޮށް ފޮނުވަންޖެހޭ އެޕޮއިންޓްމެންޓްތަކާއި ޓަރމިނޭޝަން އަދި އެހެނިހެން ރިކުއެސްޓްތައް ފޮނުވުން.
- އޮފީހަށް ހޯދަންޖެހޭ ޚިދުމަތްތަކުގެ ތެރެއިން -/35،000 (ތިރީސް ފަސްހާސް ރުފިޔާ) ރުފިޔާއިން މަތީގެ ތަކެތި/ ޚިދުމަތް ހޯދުމަށްޓަކައި ރިކުއެސްޓް ކުރާ ސެކްޝަންތަކުން ތަފްސީލު މައުލޫމާތު ހޯދައި މައުލޫމާތު ޝީޓް ތައްޔާރުކޮށް އިއުލާންކޮށް މައުލޫމާތު ސެޝަން އަދި ބިޑް ސެޝަން ރާވައި އިންތިޒާމުކުރުން.
- ބިޑްތައް ބަލައިގަތުމަށްފަހު ބިޑް އިވެލުއޭޓްކުރުން.
- ބިޑް ކާމިޔާބު ކުރި ފަރާތަށް ބިޑް ކާމިޔާބު ކުރިކަން ސިޓީއަކުން އަންގައި އެގްރީމެންޓްގައި ސޮއިކުރުމަށް ތާރީހެއް ކަނޑައެޅުން. އަދި ކާމިޔާބު ނުކުރެވުނު ފަރާތްތަކަށް ނަތީޖާ އެންގުން.
- ކައުންސިލް އިދާރާގެ ބިޑް ކޮމިޓީގެ އެންމެހައި އިދާރީ މަސައްކަތްތަކެއް އިންތިޒާމްކުރުމާއި، ބިޑް ކޮމިޓީއަށް ހުށަހަޅައި ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ބިޑް ކޮމިޓީގެ ޖަލްސާތައް ބާއްވައި ޖަލްސާގެ ޔައުމިއްޔާތައް ތައްޔާރުކުރުމާއި، ކަމާގުޅޭ ލިޔެކިޔުންތައް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|
|
މަޤާމުގެ ޝަރުޠު
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.
- މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
ގުޅޭވަޒީފާގެ ދާއިރާ
|
އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް
|
|
ތަޢުލީމީ ދާއިރާތައް
|
1. ކައުންޓިންގ
2. އެޑްމިނިސްޓްރޭޝަން
3. އެގްރިކަލްޗަރަލް ސައިންސް
4. އެންތްރޯޕޮލޮޖީ
5. އާކިޓެކްޗަރ
6. ބިޒްނަސް
7. ބިޒްނަސް އެޑްމިނިސްޓްރޭޝަން
8. ބިޒްނަސް މެނޭޖްމަންޓް
9. ސިވިލް އިންޖިނިއަރިންގ
10. ކޮމާރސް
11. ކޮމިޔުނިޓީ ޑިވެލޮޕްމަންޓް
12. ކޮމްޕިއުޓަރ ސައިންސް
13. ކައުންސިލް އެޑްމިނިސްޓްރޭޝަން
14. ކަލްޗަރ އެންޑް ހެރިޓޭޖް
15. ޑިމޮގްރަފީ
16. ޑިވެލޮޕްމަންޓް ސްޓަޑީޒް
17. ދިވެހި ލެންގްއޭޖް
18. އިކޮނޮމިކްސް
19. އެޑިއުކޭޝަން
20. އެންވަޔަރަންމަންޓަލް ސައިންސް
21. ފައިނޭންސް
22. ގަވަރނަންސް
23. ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް
24. ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް
25. ހިއުމަން ރިސޯސް
26. އިންފޮމޭޝަން ޓެކްނޮލޮޖީ
|
27. އިންޓަނޭޝަނަލް ރިލޭޝަންސް
28. ލޯ
29. ލީޑަރޝިޕް
30. ލައިބްރަރީ ސައިންސް
31. ލޯކަލް ގަވަރނަންސް
32. މެނޭޖްމަންޓް
33. މެރީން ސައިންސް
34. މާކެޓިންގ
35. އޮފީސް އެޑްމިނިސްޓްރޭޝަން
36. ޕޮލިސީ ސްޓަޑީޒް
37. ޕޮލިޓިކަލް ސައިންސް
38. ޕްރޮޖެކްޓް މެނޭޖްމަންޓް
39. ޕަބްލިކް އެޑްމިނިސްޓްރޭޝަން
40. ޕަބްލިކް މެނޭޖްމަންޓް
41. ޕަބްލިކް ޕޮލިސީ
42. ޕަބްލިކް ރިލޭޝަންސް
43. ރިލިޖަސް ސަރވިސަސް
44. ޝަރީޢާ އެންޑް ލޯ
45. ސޯޝަލް ސައިންސް
46. ސޯޝަލް ވޯރކް
47. ސޯޝިއޮލޮޖީ
48. ސްޕޯޓްސް މެނޭޖްމަންޓް
49. ސްޓެޓިސްޓިކްސް
50. ސްޓްރަކްޗަރަލް އިންޖިނިއަރިންގ
51. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް
52. އަރބަން ޕްލޭނިންގ
53. އާބަން ސްޓަޑީޒް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
- (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
- (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- އަސާސީ ޝަރުތު ހަމަވުން – %30
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - %5
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
- އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް) - %25
- އިންޓަރވިއު - %35
މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 އޯގަސްޓް 2026 ވާ ބުދަ ދުވަހު 14:00 ގެ ކުރިން، އައްޑޫމީދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ 2026 އޯގަސްޓް 27 އާއި 2026 އޯގަސްޓް 31 އާ ދެމެދު، އައްޑޫ މީދޫ ކައުންސިލްގެ އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
އިތުރު މަޢުލޫމާތު ހޯދުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6895730 ނަންބަރު ފޯނާއެވެ.އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|
|
03 ރަބީޢުލްއައްވަލް 1448
16 އޯގަސްޓް 2026
|