ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވުމުގެ ދައުވަތު
ތިނަދޫ ކެމްޕަހުގައި ހުރި ބައު ސާމާނުތައް ނީލަމުގައި ވިއްކައިލުން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުމަށް ބޭނުންވެއެވެ.
ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2026 އޮގަސްޓް 20 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ތިނަދޫ ކެމްޕަހަށް އަށް ޙާޟިރުވުން އެދެމެވެ.
ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2026 އޮގަސްޓް 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް ތިނަދޫ ކެމްޕަހަށް ޙާޟިރުވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީއަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
|
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛ |
|
ތިނަދޫ ކެމްޕަސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގދ. ތިނަދޫ، ދިވެހިރާއްޖެ ފޯން: 3345237 އީ-މެއިލް: [email protected] |
16 އޯގަސްޓް 2026
ނީލަން ކިޔުމުގެ އުޞޫލު
- ނީލަން ކިޔުމަށް ކަނޑައެޅިފައިވަނީ މުދާތައް ބައިބަޔަށް ބަހައިގެން ލޮޓުގެ ގޮތުއެވެ. ކޮންމެ ލޮޓަކަށް ދެވިފައިވާ ސުމާރު ނަންބަރު އެ ލޮޓެއްގައި ހަރުކުރެވިފައި ހުންނާނެއެވެ.
- ފުރަތަމަ ފަހަރަށް ނީލަން ކިޔައިގެން މުދާ ނުވިކިއްޖެނަމަ އަލުން އިޢުލާންކޮށްގެން އުސޫލާއި އެއްގޮތަށް ނީލަން ކިޔޭނެއެވެ. 2 ފަހަރު ނީލަން ކިޔައިގެންވެސް ނުވިކި ހުންނަ މުދާތަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ނައްތައިލެވޭނެއެވެ.
- ނީލަން ފަށާ އަގަށް ކޮންމެ ފަހަރަކު އިތުރުކުރެވޭނެ އަގު ތަފްސީލު ޝީޓުގައި ހިމެނިފައިވާނެއެވެ.
- ނީލަން ކުރިއަށްގެންދެވޭނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް 3 ބައިވެރިން ހަމަނުވާނަމަ ދެވަނަ ފަހަރަށް އިޢުލާންކޮށް 2 ނުވަތަ 1 މެމްބަރުންގެ ހާޒިރުގައި، ކަނޑައެޅިފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
- ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ވަގުތުން އެނގޭނެއެވެ.
- ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެ އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން އިތުރު އަގެއް ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރިކަމުގައި ނިންމޭނެއެވެ.
- ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ޔުނިވަރސިޓީއަށް ދައްކައި ޚަލާސް ކުރަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސް ނުކޮށްފިނަމަ އުސޫލާއި އެއްގޮތަށް، އެ މުދަލެއް އަލުން ނީލަންކިޔޭނެއެވެ.
- ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސްކުރުމުންނެވެ.