ބީލަން
ނަންބަރު: ފުޓްބޯޅަ ދަނޑު ޗޭންޖިން ރޫމްގެ ބެންޗް ހެދުން
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 30 އޮގަސްޓް 2026 13:30
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ދަނޑު ޗޭންޖިން ރޫމްގެ ބެންޗް ހެދުން

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުން

ބީލަންހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް، 2026 އޮގަސްޓް 26 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު މި އިދާރާއަށް ވަޑައިގެން މިބީލަމުގެ "ބީލަން ރަޖިސްޓްރޭޝަން ޝީޓް" ރަޖިސްޓަރީ ކުރެވޭނެއެވެ. ދެންނެވިފައިވާ މުއްދަތުގައި އިއުލާނާ އެއްހީރަސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި  [email protected]  މެއިލް ކުރެއްވުމުން ރަޖިސްޓަރީ ކުރާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުވާފަރާތް ތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދެންނެވީމެވެ.

ބީލަމުގެ މާޢުލޫމާތު ދިނުމުގެ ސެޝަން

މަސައްކަތުގެ ޕްރީބިޑް / މަޢުލޫމާތު ދިނުމުގެ ބައްދަލުން އޮންނާނީ 2026 އޮގަސްޓް 27 ވާ ބުރާސްފަތި ދުވަހު 10:30 ގައި ކައުންސިލް އިދާރާގައެވެ.  

ބީލަން ހުޅުވުން

މި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2026 އޮގަސްޓް 30 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.  ބީލަން ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި " ފުޓްބޯޅަ ދަނޑު ޗޭންޖިން ރޫމްގެ ބެންޗް ހެދުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި ބީލަމާގުޅޭ މަޢުލުމާތު ހޯދުމަށް ގުޅުއްވާނީ 6660537 މިނަންބަރު ފޯނަށެވެ.

16 އޮގަސްޓް 2026