ތަމްރީނު
ނަންބަރު: (IUL)22-HE/22/2026/211
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 06 އޮކްޓޫބަރު 2026 16:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Chevening Scholarships 2027

 

ޗެވެނިންގް ސްކޮލަރޝިޕް 2027 ގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މިސްކޮލަރޝިޕާއި ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު  ޗެވެނިންގްގެ ވެބްސައިޓް  chevening.org/visionއާއި މި މިނިސްޓްރީގެ ޕޯޓަލް  https://kuri.gov.mv  އިން ލިބެން ހުންނާނެއެވެ.

 

މި ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 6 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ  (UTC) 11:00ގެ ކުރިން ޗެވެނިންގްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

 

.............................................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.

 

* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.

 

16 އޮގަސްޓް 2026