ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)483-HR/2026/7
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 24 އޮގަސްޓް 2026 15:00
ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އޮފީސް އެސިސްޓެންޓް

މަގާމު:

އޮފީސް އެސިސްޓެންޓް

 

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާގެ ބޭނުން:

އޮފީސް ސާފުކުރުމާއި، ބައްދަލުވުންތަކަށް ތަންތައްޔާރުކުރުމާއި، ތަކެތި ތަންތަނަށް ގެންދިއުމާއި ގެނައުމުގެ ކަންތައްތައް ކުރުމާއި އިދާރީ ބައެއް މަސައްކަތްކުރުން.

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

SS1

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ޗިލްރަޑްންސް އޮމްބަޑްސްޕަރސަންގެ އޮފީސް

މުސާރަ:

-/5500ރ

އެހެނިހެން އެލްވަންސްތައް:

ސާރވިސް އެލަވަންސް -/3،500ރ

ލިވިންގ އެލަވަންސް -/3،000ރ

ފޯނު އެލަވަންސް 150/-ރ

ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް

ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

މަޤާމުގެ ޝަރުތު: 

 

  1. ގްރޭޑް 10 ނިންމާފައިވުން؛
  2. A0 އަދި A1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހާސިލްކޮށްފައިވުން؛
  3. އުމުރުން 55 އަހަރު ވެފައިނުވުން.

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

 

  1. މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
  2. ސިއްރު ހިފެހެއްޓުން.
  3. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
  4. އާންމުކޮށް ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް މަސައްކަތްކުރުން.
  5. ކޮމްޕިއުޓަރއިން ލިޔުންފަދަ ތަކެތި ތައްޔާރުކުރުމުގެ ގާބިލުކަން ހުރުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް ފޮޅާ ސާފުކުރުމުގައި ހަރަކާތްތެރިވާ މީހުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި ސާފުކުރާ ފަރާތުން ނާންނަނަމަ އެމަސައްކަތް ކުރުން؛
  2. އޮފީހުން އަންގާގޮތެއްގެ މަތިން އޮފީސް ހުޅުވާ ލެއްޕުން؛
  3. އޮފީހުގެ ސްޓޮކް ތަރުތީބުކުރުމާއި ސްޓްކް ރިކުއެސްޓް ތަކަށް ތަކެތި ދޫކޮށް ރިޕޯޓުތައް އަދާހަމަކޮށް ބެލެހެއްޓުން؛
  4. އޮފީސްތެރެއާއި ސައިކޮޓަރި އަދި ފާހާނާތައް ސާފުކޮށް، ތަރުތީބުކޮށް ބެލެހެއްޓުން؛
  5. އެހެން އޮފީހަކަށް ގެންދަންޖެހޭ ތަކެތި ރަސްމީކޮށް ހަވާލުކުރުން؛
  6. އޮފީހުގައި ބާއްވާ އެކިއެކި ބައްދަލުވުންތަކަށް މީޓިންގ ރޫމްތައް ތައްޔާރުކުރުމާއި ސައި/ ކޮފީ/ ޖޫސް ފަދަ ތަކެތި ތައްޔާރުކުރުން އަދި ބައްދަލުވުންތައް ނިމުމުން ތަން ސާފުކޮށް ތަރުތީބު ކުރުން؛
  7. އޮފީހުން އިންތިޒާމް ކޮށްގެން ބާއްވާ ހަރާކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛
  8. އޮފީހުން ކުރާ ދަތުރުތަކުގައި ގެންދަންޖެހޭ ތަކެތި ފުރަން ހަމަޖެހިފައިވާ އުނޅަދެއްގެ ކައިރިއަށާއި އެނބުރި އައުމުން ތަކެތި އަނބުރާ އޮފީހަށް ގެނައުމުގައި އެހީތެރިވުން؛
  9. އޮފީހުގައި ހުރި ގަސްތަކަށް ގަވާއިދުން ފެންދީ ރަނގަޅަށް ބެލެހެއްޓުން؛
  10. އެހެން ސެކްޝަންތަކުގެ މުވައްޒަފުންނަށް އެހީތެރިވާން ޖެހޭ ހާލަތުގައި އެހީތެރިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާ ތަމްރީން (%30)
  2. މަސައްކަތުގެ ތަޖުރިބާ (%20)
  3. އިންޓަވިއު (%50)

 

ނޯޓު: މިވަޒީފާއަށް ޤާބިލު ފަރާތެއް ކަމުގައި ބެލޭނީ މަތީގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގައި ހިމެނޭ ބައިތަކުން ކޮންމެ ބަޔަކަށްވެސް ކަނޑައެޅިފައިވާ މާކްސްގެ 40% އަށްވުރެ މަތިން ލިބޭނަމައެވެ. އަދި ހަމަ އެއާއެކު ކްރައިޓީރިއާގައި ހިމެނޭބައިތަކުން ހުރިހާ ބައެއްގެ ޖުމްލަ 65% އަށްވުރެ މަތިން މާކްސް ލިބޭނަމައެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  5. މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  7. ތަޖުރިބާގެ މުއްދަތު ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި އަދާކުރި މަގާމާ މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި ވަޒީފާ މުއްދަތު ބަޔާންކުރުން.
  8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  9. A0 އަދި A1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް.

 

 

ސުންގަޑި:

މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 24 އޮގަސްޓު 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި[email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު މެއިލް ކުރައްވާއިރު ތިރީގައިވާ އޯޑަރުން އެއް ފައިލްއަކަށް ސްކޭންކުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ.

  • އެޕްލިކޭޝަން ފޯމު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
  • ސީ.ވީ.
  • ތަޢުމާއި ތަމްރީނާ ގުޅޭ ސެޓްފިކެޓްތަކާއި ލިޔުންތައް
  • ތަޖުރިބާއާގުޅޭ ލިޔުންތައް
  • A0 އަދި A1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް.

 

ނޯޓް:

  • މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
  • މަޤާމުގެ ޝަރުތު ހަމަނުވާ ފޯމްތަކާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
  • އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު/އިމްތިހާން ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު/އިމްތިހާން އޮންނާނީ ޗިލްޑްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގައެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނެވުން އެދެމެވެ.
  • އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
  • އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަންބަރާ ގުޅުއްވުން އެދެމެވެ.

 

16 އޮގަސްޓު 2026

16 އޮގަސްޓް 2026