ނީލަން
ނަންބަރު: MNU-CA-NL/2026/11
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 23 އޮގަސްޓް 2026 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ގޭން ކެމްޕަހުގައި ހުރި ބައު ސާމާނުތައް ނީލަމުގައި ވިއްކައިލުން

މި އިޢުލާންވަނީ 16 އޮގަސްޓް 2026 10:00 ގައި ބާތިލް ކުރެވިފައެވެ.


ނީލަމުގައި ބައިވެރިވުމުގެ ދައުވަތު

 

ގޭން ކެމްޕަހުގައި ހުރި ބައު ސާމާނުތައް ނީލަމުގައި ވިއްކައިލުން

    

          ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ގޭން ކެމްޕަހުގައި ހުރި ހަލާކުވެފައިވާ ތަކެއްޗާއި ބައު ތަކެތި ލޮޓުތަކަށް ބަހާލައިގެން ނީލަންކިއުން 23  އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ކެމްޕަހުގެ ގައި އޮންނާނެއެވެ.

       ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކަށް އެތަކެތި ހަވާލުކުރެވޭނީ ނީލަމުން ނެންގެވި ތަކެތީގެ އަގު ސަރުކާރު ބަންދުނޫން 03 (ތިނެއް) ދުވަހުގެ ތެރޭގައި ކެމްޕަހުގެ ބަޖެޓު ސެކްޝަނަށް ދައްކައި ހަލާސްކުރުމުންނެވެ. އަދި ފައިސާ ދައްކާތާ 05 ގަޑިއިރުތެރޭގައި އެތަކެތި ގެންގޮސް ނިންމަންވާނެއެވެ.

         ނީލަން ކިޔުމަށް ބޭނުންވާ ތަކެތީގެ ތަފްސީލް އެގޭނެ ޝީޓް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.  ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ.

 

 

ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛

 

ގޭން ކެމްޕަސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ލ.ގަން

ފޯން: 7688488، 3345231

އީ-މެއިލް: [email protected]

 

16 އޯގަސްޓް 2026

 

 

 

 

                                  

 

 

ނީލަން ކިޔުމުގެ އުޞޫލު

 

  1. ނީލަން ކިޔުމަށް ކަނޑައެޅިފައިވަނީ މުދާތައް ބައިބަޔަށް ބަހައިގެން ލޮޓުގެ ގޮތުއެވެ. ކޮންމެ ލޮޓަކަށް ދެވިފައިވާ ސުމާރު ނަންބަރު އެ ލޮޓެއްގައި ހަރުކުރެވިފައި ހުންނާނެއެވެ.
  2. ފުރަތަމަ ފަހަރަށް ނީލަން ކިޔައިގެން މުދާ ނުވިކިއްޖެނަމަ އަލުން އިޢުލާންކޮށްގެން އުސޫލާއި އެއްގޮތަށް ނީލަން ކިޔޭނެއެވެ. 2 ފަހަރު ނީލަން ކިޔައިގެންވެސް ނުވިކި ހުންނަ މުދާތަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ނައްތައިލެވޭނެއެވެ.
  3. ނީލަން ފަށާ އަގަށް ކޮންމެ ފަހަރަކު އިތުރުކުރެވޭނެ އަގު ތަފްސީލު ޝީޓުގައި ހިމެނިފައިވާނެއެވެ.
  4. ނީލަން ކުރިއަށްގެންދެވޭނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް 3 ބައިވެރިން ހަމަނުވާނަމަ ދެވަނަ ފަހަރަށް އިޢުލާންކޮށް 2 ނުވަތަ 1 މެމްބަރުންގެ ހާޒިރުގައި، ކަނޑައެޅިފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  5. ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ވަގުތުން އެނގޭނެއެވެ.
  6. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެ އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން އިތުރު އަގެއް ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރިކަމުގައި ނިންމޭނެއެވެ.
  7. ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ޔުނިވަރސިޓީއަށް ދައްކައި ޚަލާސް ކުރަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސް ނުކޮށްފިނަމަ އުސޫލާއި އެއްގޮތަށް، އެ މުދަލެއް އަލުން ނީލަންކިޔޭނެއެވެ.
  8. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސްކުރުމުންނެވެ.

 

16 އޮގަސްޓް 2026