މުބާރާތް
ނަންބަރު: (IUL)298/298/2026/35
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 06:22
ސުންގަޑި:
16 އޮގަސްޓް 2026 12:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1448ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
އިޢުލާން
1448ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ފޮޓޯ ނެގުމުގެ މުބާރާތުގައިބައިވެރިވުމުގެ ފުރުޞަތު
1448ވަނަ އަހަރުގެ ޤައުމީ ދުވަހާއި ގުޅުވައިގެން މިކައުންސިލް އާއި އަލިފުށީ އ.ތ.މ.ކޮމެޓީ ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އެގޮތުން މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިކުރާ ފޮޓޯތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 16 އޮގަސްޓް 2026 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ފޮޓޯ ހުށަހެޅުމަށް ހަމަޖެހިފައިވަނީ https://forms.gle/HtErStU7rGGShyx68 “ “ ފޯމް މެދުވެރި ކޮށެވެ.
މި މުބާރާތް ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލު، މިއިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މި ކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
13 އޮގަސްޓް 2026