ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B1/422/2026/41
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 22:16
ސުންގަޑި: 25 އޮގަސްޓް 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކުރިމަތިން އިރަށް މާވެލަސްގެއާއި ދެމެދު އޮތް ބިމުގައި ހުރި ރުއްގަހާއިބެހޭ

ކައުންސިލް ކުރިމަތިން އިރަށް މާވެލަސްގެއާއި ދެމެދު އޮތް ބިން ފުޓްސަލް ދަނޑެއް ތަރައްޤީ ކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. އެހެންކަމުން މި ބިމުގައި ހުރި އެންމެހާ ރުއްގަހުގައި މިއިދާރައިން ވަނީ ރަތް ކުލައިގެ ސްޕްރޭއިން ނަންބަރު ޖަހާފައިއެވެ.

ސަރަޙައްދު

ޖެހިފައިވާ ނަންބަރުތަކުގެ ތަފްސީލު

ކައުންސިލް ކުރިމަތިން އިރަށް އޮތް ބިން

ރުއް

1 އިން 16 އަށް

20، 22 އިން 24 އަށް

26 އިން 47 އަށް

 

ވީމާ، މިބިމުގައި ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތުން އެ ބޭފުޅެއްގެ ރުއްގަސް 15 ދުވަސް ތެރޭގައި ނެގުމަށް ދަންނަވަމެވެ. ބަދަލު ބޭނުންވާ ފަރާތްތަކުން އެ ބޭފުޅެއްގެ ރުއްގަހުގެ ނަންބަރު އެގޭނެހެން 25 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މި އިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. ރުއްގަހަށް ބަދަލުދެވޭނީ ޤާނޫން ނަންބަރު 98/21 ގައިވާ ގޮތަށް މި އިދާރާގެ ރުއްގަހުގެ ރަޖިސްޓްރީ ކުރެވިފައިވާ ނުވަތަ މިލްކުވެރިކަން ސާބިތުކުރެވިފައިވާ ލިޔުން ހުށައެޅިފައިވާ ފަރާތްތަކަށެވެ.

13 އޮގަސްޓް 2026