ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 137-IU/PR/2026/109
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 20 އޮގަސްޓް 2026 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައިޖީއެމް ހޮސްޕިޓަލުގެ ލޮލުގެ ޑިޕާޓްމަންޓުގެ ހިދުމަތް ފުޅާކުރުމަށް، ބޭނުންވާ އިކްއިޕްމެންޓް އަދި މެޝިނަރީސް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

 

އިޢުލާން ނަމްބަރ :  137-IU/PR/2026/109 

ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/G-45

ޕްރޮޖެކްޓްގެ ނަން:  އައިޖީއެމް ހޮސްޕިޓަލުގެ ލޮލުގެ ޑިޕާޓްމަންޓުގެ ހިދުމަތް ފުޅާކުރުމަށް،  ބޭނުންވާ އިކްއިޕްމެންޓް އަދި މެޝިނަރީސް ހޯދުން

އައިޖީއެމް ހޮސްޕިޓަލުގެ ލޮލުގެ ޑިޕާޓްމަންޓުގެ ހިދުމަތް ފުޅާކުރުމަށް، ބޭނުންވާ ތިރީގައި މިވާ އިކްއިޕްމެންޓް/ މެޝިނަރީޒް ސަޕްލައިކޮށް  އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން

#

Details

Quantity

1

ND:YAG Laser - Zeiss *or Equivalent

1

2

IOLMaster 700 - Zeiss * or Equivalent

1

3

A/B Scanner - Medsinglong * or Equivalent

1

4

Auto Lensometer – Topcon or Equivalent

2

5

Auto Chart Projector - Topcon * Equivalent

1

6

Teaching Camera - Zeiss * Equivalent

1

7

OMS-800 Operating Microscope - Topcon * Equivalent

1

 

ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް

  • އަގު ހުށަހަޅަންވާނީ ދީފައިވާ ސްޕެސިފިކޭޝަން އާއި އެއްގޮތަށް
  • ހުރިހާ އައިޓަމަކަށް އަގު ހުށަހަޅަންވާނެއެވެ. އިވެލުއޭޓްކުރެވޭނީ ކޮންމެ އައިޓަމެއް ވަކިންނެވެ.
  • އަގު ހުށަހަޅާއިރު އިންސްޓަލޭޝަން އެންޑް ކޮމިޝަނިންގ އަދި ޓްރެއިނިންގ (ބަޔޯމެޑިކަލް އަދި އެޕްލިކޭޝަން ޓްރެއިނިންގ) އަށް ވަކިން އަގު ހުށަހެޅުމަށް ސަމާލުކަންދޭންވާނެއެވެ. މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު  މި މުއައްސަސާއަށް ލިބިގެންވެއެވެ.
  • ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަކީ އައު އިކުއިޕްމެންޓެއްކަން އަދި މިއިކުއިޕްމަންޓް ވިއްކާފައިވަނީ އައިޖީއެމް ހޮސްޕިޓަލަކަން ބަޔާންކޮށް މެނުފެކްޗަރގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ސަޕްލައިކުރާ ތަކެއްޗަށް 2 އަހަރު ދުވަހުގެ ސްޓޭންޑަރޑް ވޮރެންޓީ ދޭންވާނެއެވެ.
  • ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު) ހުށަހަޅަންވާނެއެވެ.
  •  ސަޕްލައިކުރާނެ މުއްދަތު ކޯޓޭޝަންގައި ހުށަހަޅަންވާނެއެވެ. އަދި 90 ދުވަހުގެ ބިޑް ވެލިޑިޓީއެއް ހިމަނަންވާއެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  • ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު

  • އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.

#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

100

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް

ބީލަން ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައިޖީއެމް ހޮސްޕިޓަލް

ލޮލުގެ ޑިޕާޓްމަންޓަށް ގެ ހިދުމަތް ފުޅާކުރުމަށް ބެނުންވާ އިކްއިޕްމެންޓް އަދި މެޝިނަރީސް  ސަޕްލައިކޮށް އިންސްޓޯލްކުރުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.

  • ހުށަހަޅާ އަގު/ކޯޓޭޝަން ފިޔަވާ އެހެން ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ސޮފްޓް ކޮޕީގެ (ޕީޑީއެފް ފައިލް) ގޮތުގައެވެ.  

  

  • އަގު/ކޯޓޭޝަން ހުށަހަޅަންވާނީ މަތީގައި ބަޔާންކޮށްފައިވާގޮތަށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.  

ބީލަން ހުށަހެޅުން

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 20 އޮގަސްޓް 2026 ވަނަ ދުވަހުގެ 11:00 ގައި އައިޖީއެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
  • ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

1-     ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން.

2-     ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.

3-     މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

4-     ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ.

ނޯޓު:މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

 

30 ސަފަރު 1448

13 އޮގަސްޓް 2026

13 އޮގަސްޓް 2026