ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
|
އިޢުލާން ނަމްބަރ : 137-IU/PR/2026/108 |
ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/G-45 |
|
ޕްރޮޖެކްޓްގެ ނަން: އައިޖީއެމް ހޮސްޕިޓަލުގެ ލޮލުގެ ޑިޕާޓްމަންޓުގެ ހިދުމަތް ފުޅާކުރުމަށް،Cornea Treatment އަށް ބޭނުންވާ އިކްއިޕްމެންޓް އަދި މެޝިނަރީސް ހޯދުން |
|
އައިޖީއެމް ހޮސްޕިޓަލުގެ ލޮލުގެ ޑިޕާޓްމަންޓުގެ ހިދުމަތް ފުޅާކުރުމަށް،Cornea Treatment އަށް ބޭނުންވާ ތިރީގައި މިވާ އިކްއިޕްމެންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން
|
# |
Details |
Quantity |
|
1 |
OCULUS Pentacam – Pentacam HR or Equivalent |
01 |
|
2 |
Corneal Collagen Cross-Linking (CXL) System – Glaukos KXL or Equivalent
|
01 |
|
3 |
Specular Microscope – Topcon SP-1P or Equivalent
|
01 |
ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް
- ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ ޓެކްނިކަލް ސްޕެސިފިކޭޝަން އާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ.
- ހުރިހާ އައިޓަމަކަށް އަގު ހުށަހަޅަންވާނެއެވެ. އިވެލުއޭޓްކުރެވޭނީ ކޮންމެ އައިޓަމެއް ވަކިންނެވެ.
- އަގު ހުށަހަޅާއިރު އިންސްޓަލޭޝަން އެންޑް ކޮމިޝަނިންގ އަދި ޓްރެއިނިންގ (ބަޔޯމެޑިކަލް އަދި އެޕްލިކޭޝަން ޓްރެއިނިންގ) އަށް ވަކިން އަގު ހުށަހެޅުމަށް ސަމާލުކަންދޭންވާނެއެވެ. މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު މި މުއައްސަސާއަށް ލިބިގެންވެއެވެ.
- ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަކީ އައު އިކުއިޕްމެންޓެއްކަން އަދި މިއިކުއިޕްމަންޓް ވިއްކާފައިވަނީ އައިޖީއެމް ހޮސްޕިޓަލަކަން ބަޔާންކޮށް މެނުފެކްޗަރގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ސަޕްލައިކުރާ ތަކެއްޗަށް 2 އަހަރު ދުވަހުގެ ސްޓޭންޑަރޑް ވޮރެންޓީ ދޭންވާނެއެވެ.
- ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު) ހުށަހަޅަންވާނެއެވެ.
- ސަޕްލައިކުރާނެ މުއްދަތު ކޯޓޭޝަންގައި ހުށަހަޅަންވާނެއެވެ. އަދި 90 ދުވަހުގެ ބިޑް ވެލިޑިޓީއެއް ހިމަނަންވާއެވެ.
ހުށަހަޅަންޖެހޭ ތަކެތި
- ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން
- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
- ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު
- އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.
# |
ކެޓެގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
|
1 |
އަގު |
100 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް |
ބީލަން ހުށަހަޅާނެގޮތް
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައިޖީއެމް ހޮސްޕިޓަލް
ލޮލުގެ ޑިޕާޓްމަންޓަށް ގެ ހިދުމަތް ފުޅާކުރުމަށް ބެނުންވާ އިކްއިޕްމެންޓް އަދި މެޝިނަރީސް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.
- ހުށަހަޅާ އަގު/ކޯޓޭޝަން ފިޔަވާ އެހެން ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ސޮފްޓް ކޮޕީގެ (ޕީޑީއެފް ފައިލް) ގޮތުގައެވެ.
- އަގު/ކޯޓޭޝަން ހުށަހަޅަންވާނީ މަތީގައި ބަޔާންކޮށްފައިވާގޮތަށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.
ބީލަން ހުށަހެޅުން
- ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 19 އޮގަސްޓް 2026 ވަނަ ދުވަހުގެ 11:00 ގައި އައިޖީއެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
- · ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް
1- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން.
2- ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.
3- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
4- ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.
މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ.
ނޯޓު:މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]
30 ސަފަރު 1448
13 އޮގަސްޓް 2026