ދިވެހިރާއްޖެ
އިޢުލާން
މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ މާސްޓަރ އޮފް ރިސާރޗް އިން އިންޖިނިއަރިންގ ސައިންސް ކޯހަށް ޝައުގުވެރިވާ ފަރާތްތަކަށް މި ކޯހަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ހުޅުވާލަމެވެ. ކޯހަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށް 17 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޯލޮޖީ |
|
|
ކޯސް |
މާސްޓަރ އޮފް ރިސާރޗް އިން އިންޖިނިއަރިންގ ސައިންސް |
|
ކެމްޕަސް |
މާލެ |
|
މޯޑު އަދި މުއްދަތު: |
ފުލްޓައިމް 1.5 އަހަރު (3 ސިމެސްޓަރ) ޕާރޓްޓައިމް 3 އަހަރު (6 ސިމެސްޓަރ) |
|
ކޯހުގެ ފީ: |
ސިމެސްޓަރ އަކަށް 19،200.00 (ނަވާރަހާސް ދުއިސައްތަ) ރުފިޔާ |
|
ކޯހަށް ވަނުމުގެ ޝަރުޠު
|
އިނގިރޭސި ބަހުގެ ފެންވަރު ފުރަތަމަ ޑިގްރީ އިނގިރޭސި ބަހުން ފުރިހަމަކޮށްފައިވުން ނުވަތަ ޖީ.ސީ.އީ. އޯލެވެލް / އައި.ޖީ.ސީ.އެސް.އީ. އިނގިރޭސި މާއްދާއިން ފާސްވެފައިވުން (ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން) |
|
ކޯހަށް ދަރިވަރުން ހޮވުން |
|
|
އެޕްލިކޭޝަނާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް |
- ޓައިޓަލް - މަޤްސަދު - ދިރާސާ ކުރާނެ ނުވަތަ ދިރާސާ ބިނާކުރާނެ ދާއިރާ - ދިރާސާ މުހިއްމުވާ ސަބަބު
ނޯޓު: ދިވެހިރާއްޖެއިން ބޭރުން ޙާސިލުކޮށްފައިވާ ސަނަދެއްނަމަ ހުންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކުރެވިފައެވެ. އަދި މީގެ އިތުރުން ހުރިހާ ލިޔެކިޔުންތައްވެސް ހުންނަންވާނީ އެޓެސްޓް ކޮށްފައެވެ.
|
30ޞަފަރު 1448