މުބާރާތް
ނަންބަރު: (IUL)251-CA/251/2026/57
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 23 އޮގަސްޓް 2026 13:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ދިއްދޫ ކައުންސިލް "އިދާރާގެ ލޯގޯ،ދިދަ އަދި ޓީޝާޓް ކިޓް ފަރުމާކުރުމުގެ މުބާރާތް

ހއ.ދިއްދޫ ކައުންސިލް އިދާރާގެ ލޯގޯ، ދިދަ އަދި ޓީޝާޓް ކިޓް ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް އާއްމުކޮށް ހުޅުވައިލަމެވެ. މުބާރާތާއި ގުޅިގެން ހުށަހެޅޭ ޑިޒައިންތަކުގެތެރެއިން އެއްވަނައަށް ހޮވޭ ޑިޒައިނަކަށް -/15000 (ފަނަރަ ހާސްރުފިޔާ)ގެ ފައިސާ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޑިޒައިން ހުށަހެޅުމުގެ ސުންގަޑި އަކީ 23 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ޑިޒައިން ހުށަހަޅާނީ އީ-މެއިލް މެދުވެރިކޮށެވެ. އީ-މެއިލް ފޮނުވާނީ [email protected]   އަށެވެ. މި މުބާރާތާއި ގުޅޭ މަޢުލޫމާތު އަދި ޑިޒައިން ހުށަހަޅަންޖެހޭ ގޮތުގެ ތަފްޞީލް މިއިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6501074 | 6501077 | 6501088 ނަންބަރ އަށް ގުޅުއްވުން އެދެމެވެ.

13 އޮގަސްޓް 2026