ތަމްރީނު
ނަންބަރު: MNU-CA-RG/2026/32
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 30 ސެޕްޓެންބަރު 2026 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) ކޯސްތަކަށް އިޢުލާންކުރުން

                                    

          

އިޢުލާން

 

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ)  ކޯހަށް ކިޔެވުމުގެ ފުރުސަތުތަކާބެހޭ މަޢުލޫމާތެވެ. ޕީ.އެޗް.ޑީ އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ 14:00 އެވެ. މި ކޯސްތަކާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް  portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

 ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

ކޯސް

ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން ލޯ

މުއްދަތު:

ފުލްޓައިމް 3-4 އަހަރު

ޕާރޓްޓައިމް 6-8 އަހަރު

ކޯހުގެ ފީ:

ސިމެސްޓަރ އަކަށް 24،960.00 (ސައުވީސްހާސް ނުވަސަތޭކަ ފަސްދޮޅަސް) ރުފިޔާ

ކޯހަށް ވަނުމުގެ ޝަރުޠު

 

  1. ގުޅުންހުރި ދާއިރާއަކުން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށް، އަދި ލެވެލް 9 ގެ (މާސްޓަރސް ޑިގްރީ) ސަނަދެއް ހާސިލުކޮށްފައިވުން.  އަދި
  2. ދިރާސީ މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން (މާސްޓަރސް ކޯހުގެ ތެރެއިން މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ހަދާފައިވާ ރިސާޗް ތީސިސް/ޑިސަރޓޭޝަން އޮތުން ނުވަތަ ރިސާޗް ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައިވުން)
  3. ޕީ.އެޗް.ޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުން.  

އިނގިރޭސި ބަހުގެ ފެންވަރު

(މި ކޯހުގެ ތީސިސް ލިޔަންވާނީ އިނގިރޭސި ބަހުންނެވެ)

 

ކިޔަވައިދިނުމުގައި ބޭނުންކުރާ ބަސް ކަމުގައިވާ އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން ކޮންމެހެން ސާބިތުކޮށްދޭންޖެހޭނެއެވެ. މިގޮތުން ފުރިހަމަވާންޖެހޭ އެންމެ ދަށް މިންގަނޑުތަކަކީ:

  • އޯލެވެލް އިނގިރޭސި މާއްދާއިން ފާސްވެފައިވުން (ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން)
  • ފުރަތަމަ ޑިގްރީ އަދި މާސްޓަސް ޑިގްރީ އިނގިރޭސި ބަހުން ފުރިހަމަކޮށްފައިވުން. (މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވަނީ އިނގިރޭސި ބަހުން ނޫންނަމަ، އައި.އީ.އެލް.ޓީ.އެސް (IELTS)  އިން މަދުވެގެން 6.5 ގެ ސްކޯއެއް ނުވަތަ އެއާ އެއްފެންވަރެއްގެ ނަތީޖާއެއް ހާސިލުކޮށްފައި އޮންނަންވާނެއެވެ.

ފެކަލްޓީ އޮފް އާރޓްސް

ކޯސް

  1. ޑޮކްޓަރ އޮފް ފިލޯސޮފީ އިން މޯލްޑިވިއަން ކަލްޗަރ އެންޑް ހިސްޓްރީ

  2. ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ސައިންސަސް

މުއްދަތު:

ފުލްޓައިމް 3-4 އަހަރު

ޕާރޓްޓައިމް 6-8 އަހަރު

ކޯހުގެ ފީ:

ކޯހުގެ ފީ އަކީ ސިމެސްޓަރ އަކަށް 15،600.00 (ފަނަރަހާސް ހަސަތޭކަ) ރުފިޔާ

ކޯހަށް ވަނުމުގެ ޝަރުޠު

 

  1. ގުޅުންހުރި ދާއިރާއަކުން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 9 (މާސްޓަރސް ޑިގްރީ) ސަނަދެއް ހާސިލުކޮށްފައިވުން.  އަދި
  2. ދިރާސީ މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން (މާސްޓަރސް ކޯހުގެ ތެރެއިން މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ހަދާފައިވާ ރިސާޗް ތީސިސް/ޑިސަރޓޭޝަން އޮތުން ނުވަތަ ރިސާޗް ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައިވުން)
  3. ޕީ.އެޗް.ޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުން.

އިނގިރޭސި ބަހުގެ ފެންވަރު

މާސްޓަރސް ޑިގްރީ އިނގިރޭސި ބަހުން ފުރިހަމަކޮށްފައިވުން. (މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވަނީ އިނގިރޭސި ބަހުން ނޫންނަމަ، އައި.އީ.އެލް.ޓީ.އެސް (IELTS)  އިން މަދުވެގެން 6.5 ގެ ސްކޯއެއް ނުވަތަ އެއާ އެއްފެންވަރެއްގެ ނަތީޖާއެއް ހާސިލުކޮށްފައި އޮންނަންވާނެއެވެ.)

 

 

 

އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  1. ހުށަހަޅާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
  2. ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީ ގެ ސަނަދާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ
  3. ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީގެ ގްރޭޑިންގ ކްރައިޓީރިއާ (ގްރޭޑިން ކްރައިޓީރިއާ ހުށަހަނާޅާނަމަ އެޕްލިކޭޝަން ފޯމު އިވެލުއޭޓް ކުރާއިރު ބަލާނީ މި ޔުނިވަރސިޓީގެ ގްރޭޑިން ކްރައިޓީރިއާ އަށެވެ.)
  4. ސްޓޭޓްމަންޓް އޮފް އިންޓެންޓް
  5. ހުށަހަޅާ ފަރާތުގެ ވަނަވަރު
  6. އެޕްލިކޭޝަނަށް ބާރުދޭ އެހެނިހެން ލިޔެކިޔުން (ކޮންފަރެންސް ޕޭޕަރސް، ޕަބްލިކޭޝަންސް، ރިސާޗް ޕްރޮޖެކްޓްސް، ...)

ނޯޓު: ދިވެހިރާއްޖެއިން ބޭރުން ޙާސިލުކޮށްފައިވާ ސަނަދެއްނަމަ ހުންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކުރެވިފައެވެ. އަދި މީގެ އިތުރުން ހުރިހާ ލިޔެކިޔުންތައްވެސް ހުންނަންވާނީ އެޓެސްޓް ކޮށްފައެވެ.

 

އިތުރު މަޢުލޫމާތު

 

 ސްޓޭޓްމަންޓް އޮފް އިންޓެންޓް ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

 

Statement of Intent Information of PhD_English.pdf  

 

  • މި ކޯހަށް ދަރިވަރުން ހޮވާނީ ޔުނިވަރސިޓީގެ ހަޔަރ ޑިގްރީސް ކޮމިޓީއިންނެވެ. ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ ދަރިވަރުގެ ތަޢްލީމީ ފެންވަރާއި (ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީގެ ފެންވަރު) މާސްޓަރސް ކޯހުގައި ދިރާސީ މާއްދާތައް ކިޔަވާފައިވާ މިންވަރާއި، އިތުރު ދިރާސީ މަސައްކަތް (ރިސާރޗް ޕޭޕަރ/ކޮންފަރެންސް ޕޭޕަރ/އެހެނިހެން ޕަބްލިކޭޝަން) ކުރެވިފައިވާ މިންވަރާއި، އަދި އެޕްލިކޭޝަނާއިއެކު ހުށަހަޅާ ސްޓޭޓްމަންޓް އޮފް އިންޓެންޓްގެ ފެންވަރަށެވެ.

 

  • ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެންވަރު ކަނޑައަޅާނީ މި ދެ ކޯހުގެ ސީ.ޖީ.ޕީ.އޭ އަށް ބަލައިގެންނެވެ. ސީ.ޖީ.ޕީ.އޭ ލިޔެފައި ނުހުންނަ ޓްރާންސްކްރިޕްޓެއް ނަމަ އަދި ގްރޭޑިން ކްރައިޓީރިއާ ހުށަހަޅާފައި ނުވާނަނަ ސީ.ޖީ.ޕީ.އޭ ކަލްކިއުލޭޓް ކުރުމުގައި ބަލާނީ މި ޔުނިވަރސިޓީގައި ސީ.ޖީ.ޕީ.އޭ ކަނޑައަޅާ އުސޫލަށެވެ.

 

 

13 އޮގަސްޓް 2026