ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކުންވެސް ކުރިއަށް ގެންދިއުމުގެ ފުރުޞަތު މިނިސްޓްރީން ފަހިކޮށްދެއްވާފައިވާތީ މި ރަށުގައި މި ޚިދުމަތް ފެށުމަށްޓަކައި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތް އެގްޒަމިނަރަކު ހޯދުމަށް ބޭނުއްވެއެވެ. އެގްޒަމިނަރުން ހޮވުމުގައި ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއެކު ގިނަ ކެޓަގަރީތައް އޮތް ފަރާތަކަށް އިސްކަން ދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އެގްޒަމިނަރަކަށް ކުރިމަތި ލާ ފަރާތްވާންވާނީ ލައިސަންސް ނެގި ފަހުން މަދުވެގެން 1 އަހަރުދުވަހު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވާ ފަރާތަކަށެވެ.
ވީމާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް މިރަށުގައި ފެށުމަށްޓަކައި އެގްޒަމިނަރަން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށައެޅުވުން އެދެމެވެ. ފޯމާއި އެކު ތިރީގައި ލިސްޓު ކުރެވިފައިވާ ޑޮކިއުމަންޓުތަށް އެއްހީރާސްކުރެއްވުން އެދެމެވެ. އަދި އެގްޒަމިނަރުންނަށް ކަނޑައެޅިފައިވާ ގޮތުގެމަތިން އުޖޫރައެއް ދެވޭނެއެވެ.
- ކަނޑުގެ ލައިސަންސް ފޮތުގެ ކޮޕީ
- ނިޔަމި ކަމުގެ ސަނަދު ކޮޕީ
- އައިޑީ ކާޑުގެ ކޮޕީ
ރަޖިސްޓްރޭޝަން ލިންކް: https://acesse.one/xvgvg2i
ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 2026 އޮގަސްޓް 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.