ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/120/2026/27
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި: 15 ސެޕްޓެންބަރު 2026 23:59
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ފެބުރުވަރީ/މާރިޗުގައި ބޭއްވުނު އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ޑީ.ޕީ.އީ ޕްރައިވެޓް ކެނޑިޑޭޓުންގެ ސެޓްފިކެޓު ދޫކުރުން:

2026 ވަނަ އަހަރުގެ ފެބުރުވަރީ/މާރިޗުގައި ބޭއްވުނު ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގައި މި ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަގޮތުން އިމްތިޙާނު ހެދި ކެނޑިޑޭޓުންގެ ސެޓްފިކެޓު 2026 އޮގަސްޓް 13ވާ ބުރާސްފަތި ދުވަހުން ފެށިގެން މި ޑިޕާޓްމަންޓްގެ ކައުންޓަރުން ދޫކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.

ސެޓްފިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ 2026 އޮގަސްޓް 13 އިން 2026 ސެޕްޓެންބަރު 15ގެ ނިޔަލަށް ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ. ސެޓްފިކެޓް ބަލައި ދުރުވާއިރު ކެނޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެނޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ނުވަތަ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ފޮޓޯއެއް އަދި ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ގެންނަންވާނެއެވެ.

13 އޮގަސްޓް 2026