މަސައްކަތް
ނަންބަރު: 642-A/IUL/2026/6
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 21:43
ސުންގަޑި: 20 އޮގަސްޓް 2026 13:00
ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މި ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

އިޢުލާން

މި ކޯޓުގެވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި މި ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީބިޑް މީޓިންގ)، 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި މި ކޯޓުގައި އޮންނާނެއެވެ. މި މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތުގެ އަންދާސީ ހިސާބު (އެސްޓިމޭޓް) ހުށަހެޅުން އޮންނާނީ 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގައެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެންނެތް (ވިޔަފާރިތަކުގެ) ވެރިފަރާތްތަކުން، ބަދަލުގައި އެހެން ފަރާތެއް ފޮނުވާއިރު، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި ޙާޟިރުވާ ފަރާތުން ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ވިޔަފާރިތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާނަމަ މި ކޯޓުގެ ނަންބަރު 6780652 އަށް ގުޅައިގެން ނުވަތަ ރަސްމީ ގަޑީގައި ކޯޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. 

12 އޮގަސްޓް 2026