ބީލަން
ނަންބަރު: (IUL)FDC-P/1/2026/57
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 16 އޮގަސްޓް 2026 10:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ އައި.އެސް.އޯ އޮޑިޓް ކޮށްދޭނެ ފާރމް އެއް ނުވަތަ ކޮންސަލްޓަންޓެއް ހޯދުމާ ގުޅޭ

މިކޯޕަރޭޝަނުގެ އައި.އެސް.އޯ ސްޓޭޖް 1 އަދި 2 ގެ އޮޑިޓް މަސައްކަތްތައް ކޮށްދޭނެ ފަންނީ ފާމެއް ނުވަތަ ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން، 16 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހު 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމަށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ތާރީޚުގައި މިކޯޕަރޭޝަނަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ސުންގަޑި

ބިޑް ރެޖިސްޓްރޭޝަން

(IUL)FDC-P/1/2026/57 - Provision of Consultancy Services for ISO Certification Audit – Fill in form

ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ.

16 އޮގަސްޓް 2026 / 10:00 ގެ ކުރިން

މައުލޫމާތު ސެޝަން އަދި މައުލޫމާތު ކަރުދާސް ދޫކުރުން

ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ ފަތަނގުމާގެ، މާލެ

17 އޮގަސްޓް 2026 / 10:00

ބީލަން ހުށަހެޅުން

ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ ފަތަނގުމާގެ، މާލެ

23 އޮގަސްޓް 2026 / 14:00

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:

  • މި ބީލަމުގެ ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • މި ބީލަމުގެ މައުލޫމާތު ކަރުދާސް ހިއްސާ ކޮއްލެވޭނީ ހަމައެކަނި އިންފޮމޭޝަން ސެޝަންއަށް ދުރުވާ ބޭފުޅުންނަށެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (ފަތަނގުމާގެ، ސޯސަން މަގު، ކ.މާލެ) ގައެވެ.

 

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 09:00 – 14:00 ދެމެދު މި ކޯޕަރޭޝަނަށް 3341946 އަށް ގުޅުއްވުން

 ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

12 އޮގަސްޓް 2026