ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297-MSIM/297/2026/56
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 15:55
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި ނެގުމާއި އުކާލުމުގެ އުޞޫލަށް އިޞްލާޙު ގެނައުމާ ގުޅޭ

          29 ސެޕްޓެންބަރު 2024 ގައި ފުރަތަމަ ޢާންމުކުރެވުނު މިއިދާރާގެ " ނ. ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުން ކުނި ނެގުމާއި ސެންޓަރަށް ކުނި އުކާލުމުގައި ޢަމަލުކުރާނެ އުޞޫލު " އަށް މިވަނީ އިޞްލާޙު ގެނެވިފައެވެ. މިގޮތުން އުޞޫލު ތިރީގައިވާ ލިންކް މެދުވެރިކޮށް ޝާއިޢުކުރެވި، މިއަދުން ފެށިގެން ޢަމަލުކުރެވޭނެއެވެ.

          ވީމާ، އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ. އަދި، ކުނި ނައްތާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި، އަމިއްލަގޮތުން ސެންޓަރަށް ކުނި އުކާލާ ފަރާތްތަކުން މި އުޞޫލަށް އަހުލުވެރިވެ، އުޞޫލާއި އެއްގޮތްވާ ގޮތުގެމަތީން ޢަމަލުކުރެއްވުން އެދި ދެންނެވީމެވެ.

12 އޮގަސްޓް 2026