ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިކޯޓުގެ ކުޑަދޮރުތަކުގައި އަމިއްލަ ތަކެތީގައި ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބެނުންވެއެވެ.
މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 2026 އޯގަސްޓް 19 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2026 އޯގަސްޓް 20 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިކޯޓަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ، ރަސްމީގަޑީގައި މިކޯޓުގެ ނަންބަރު 6640332 ފޯނާއި ގުޅުއްވުންއެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.