ދިވެހިރާއްޖެ
ނަންބަރު: 258/258/2026/67(IUL)
އިޢުލާން
ހަނިމާދޫ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ވޮލީ ކޯޓެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުންތަކާއި އެއްގޮތަށް ހަނިމާދޫގައި ވޮލީ ކޯޓެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް ތިރީގައިވާ ލިންކް ބޭނުން ކުރެއްވުން އެދެމެވެ.
ލިންކް: (IUL)258/258/2026/67 - Volley court – Fill in form
|
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
|
ބީލަމުގައި ރަޖިސްޓްރީވުން/ މަޢުލޫމާތު ސާފުކުރުން |
2026 އޮގަސްޓް 12 އިން 2026 އޮގަސްޓް 23 ނިޔަލަށް |
2026 އޮގަސްޓް 23 ވާ (އާދީއްތަ) ދުވަހުގެ ހެނދުނު 11:00 ގެ ކުރިން / އޮންލައިންކޮށް |
|
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
2026 ސެޕްޓެމްބަރ 7 ވާ (ހޯމަ) |
ހެނދުނު 11:00 / ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމުގައި |
- ބީލަމުގައި ރަޖިސްޓްރީވާން ހުޅުވާލި މުއްދަތު ހަމަވުމުން، ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
- ބީލަމުގައި ބައިވެރިވުން: ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ފޯން: 4002064
އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ޞަފަރު 1448
12 އޮގަސްޓް 2026