ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2026/46
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 17 އޮގަސްޓް 2026 00:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނީލަން ކިޔުން

2012 ވަނަ އަހަރު ދޫކުރެވުނު ބައެއްގޯތިތަކާއި އެސަރަޙައްދުގެ މަގުތައް އަދި 2025 ވަނަ އަހަރު ދޫކުރެވިފައިވާ ގޯތިތަކާއި އެ ސަރަޙައްދުގެ މަގުތަކުން ކަނޑާލެވިފައިވާ ރުއްގަސް ނީލަން ކިޔުމަށް، 07 އޮގަސްޓް 2026 ގައި ބޭއްވުނު ނީލަމުން ނުނަގާހުރި ރުއްގަސް އަލުން ނީލަން ކިޔުމަށްވަނީ ނިންމާފައެވެ. ނީލަންކިޔުން އޮންނާނީ 2026 އޮގަސްޓް 18 ވާ އަންގާރަ ދުވަހުގެ ހަވީރު 4:15 ގައި އެސަރަޙައްދުގައެވެ.

ވީމާ، މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 2026 އޮގަސްޓް 17 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ނުވަތަ (7540046 ނަންބަރަށް) ވައިބަރ މެސެޖު ފޮނުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ. ނަންނޯޓު ކުރަން ދުރުވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ. އަދި ވައިބަރ މެސެޖާއެކު އައިޑީކާޑުގެ ދެފުށް ފޮނުވަން ވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 އޮގަސްޓް 2026