މަސައްކަތް
ނަންބަރު: (IUL)203-AS/1/2026/19
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 24 އޮގަސްޓް 2026 10:00
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ އައު އޮފީހުގެ ދޮރުތަކުގައި ރޯލަރ ބްލައިންޑްސް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން – 3 ވަނަ އިއުލާން

މި އޮތޯރިޓީގެ އައު އޮފީހުގެ ދޮރުތަކުގައި ރޯލަރ ބްލައިންޑްސް ހަރުކޮށްދިނުމުގެ މަސައްކަތް މި އިޢުލާނާއިއެކު އާންމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ބީލަން / ޕްރޮޕޯސަލް ކަމުގައި ދަންނަވަމެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވެވަޑައިގަންނަވާ ފަރާތްތަކުން 17 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މި އޮތޯރިޓީއަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ ބިޑް / މައުލޫމާތު ދިނުމުގެ ބައްދަލުވުން 17 އޯގަސްޓް 2026 ހޯމަ ދުވަހުގެ 11:00 ގައި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި އޮންނާނެއެވެ.

 

ބީލަން ހުށަހަޅާނީ 24 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެރިސެޕްޝަނަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 24 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 10:05 ގައި އެންވަޔަރަންމަންޓަލްރެގިއުލޭޓަރީއޮތޯރިޓީގައި ބީލަންހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތުހާޟިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.

 ބީލަންތައް ހުންނަންވާނީ ސިޓީ އުރައިގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

12 އޮގަސްޓް 2026