މަސައްކަތް
ނަންބަރު: 529-A/2026/4
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 20 އޮގަސްޓް 2026 13:15
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ކަރަންޓް ތްރީފޭސް ކަރަންޓަށް ބަދަލުކޮށް ސީލިންގ ޕީވީސީ ސީލިންގަށް ބަދަލުކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

      މިކޯޓުގެ ކަރަންޓް އަމިއްލަ ތަކެތީގައި ތްރީފޭސް ކަރަންޓަށް ބަދަލުކޮށް ސީލިންގ ޕީވީސީ ސީލިންގަށް ބަދަލުކުރުމުގެ މަސައްކަތުގެ ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1. މިކޯޓުގެ ތިރީގައިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

    1.1.   ކޯޓުގެ ކަރަންޓް ތްރީފޭސް ކަރަންޓަށް އަމިއްލަ ތަކެތީގައި ބަދަލުކުރުމުގެ މަސައްކަތް

    1.2.   ކޯޓުގެ އަސްކެނި ސީލިންގއާއި ކޯޓުގެ އެތެރޭގެ ކޮޓަރިތަކުގެ ސީލިންގ ޕީވީސީ ސީލިންގއަށް ބަދަލުކުރުން

2. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

    2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

      I.          ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

      II.          ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

      III.         ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

      IV.         އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

  1. މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޮގަސްޓު 16 ވާ އާދީއްތަ ދުވަހުގެ 13:15 ގައި މިކޯޓު (ހދ.ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2026 އޮގަސްޓު 20 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މިކޯޓު (ހދ.ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓް، ހދ.ނޭކުރެންދޫ ދިވެހިރާއްޖެ ،ފޯން: 6528947                   

 އީ-މެއިލް: [email protected]

28 ޞަފަރު 1448

11 އޮގަސްޓު 2026

11 އޮގަސްޓް 2026