މަސައްކަތް
ނަންބަރު: 529-A/2026/3
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 20 އޮގަސްޓް 2026 11:15
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ މައިދޮރުސެޓް އެލްމިނިއަމް ދޮރުސެޓެއް ގޮތުގައި ތައްޔާރުކޮށް، ދޮރުސެޓް ހަރުކުރާ ފާރުގައި 2 ތަނބާއި ކޮންކްރިޓް ބީމް އަޅައި އަދި ހުޅަނގު ފަރާތު ފާރު ރާނައި، ކުޑަދޮރުތަކާއި ދޮރުފަތްތައް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމުގެ މަސައްކަތް

 

                                                                    

ބީލަން ހުށަހެޅުމުގެ ދަޢުވަތު

      މިކޯޓުގެ މައިދޮރުސެޓާއި ދޮރުފަތްތަކާއި އަދި ކުޑަދޮރުތަކާއި ދޮރުފަތްތައް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  1. މިކޯޓުގެ ތިރީގައިވާ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ މައިދޮރުސެޓް އެލްމިނިއަމް ދޮރުސެޓެއް ގޮތުގައި ތައްޔާރުކޮށް، ދޮރުސެޓް ހަރުކުރާ ފާރުގައި 2 ތަނބާއި ކޮންކްރިޓް ބީމް އަޅައި އަދި ހުޅަނގު ފަރާތު ފާރު ރާނައި، ކުޑަދޮރުތަކާއި ދޮރުފަތްތައް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމުގެ މަސައްކަތް
  3. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

     I.      ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

     II.     ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

     III.    ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

     IV.    އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

  1. މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޮގަސްޓު 16 ވާ އާދީއްތަ ދުވަހުގެ 11:15 ގައި މިކޯޓު (ހދ.ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2026 އޮގަސްޓު 20 ބުރާސްފަތި ދުވަހުގެ 11:15 ގައި މިކޯޓު (ހދ.ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓު، ހދ.ނޭކުރެންދޫ ދިވެހިރާއްޖެ ،ފޯން: 6528947 ،    އީ-މެއިލް: [email protected]

28 ޞަފަރު 1448

11 އޮގަސްޓު 2026

11 އޮގަސްޓް 2026