ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2026/112
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 18 އޮގަސްޓް 2026 00:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޭޝިއަރ-މިފްކޯ މަސްފިހާރަ/ބިޒްނަސް އެންޑް ސޭލްސް/ހެޑް އޮފިސް

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ކޭޝިއަރ

ބޭނުންވާ ޢަދަދު

 01

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކޭޝިއަރ- މިފްކޯ މަސްފިހާރަ/ބިޒްނަސް އެންޑް ސޭލްސް ޑިޕާރޓްމަންޓް/ހެޑް އޮފިސް

މުސާރަ

 އަސާސީ މުސާރަ:3100.00 ރުފިޔާ

ސާރވިސް އެލަވަންސް:1860.00 ރުފިޔާ

މިނިމަމްވޭޖް އެލަވަންސް: 3441.00 ރުފިޔާ

ފުޑް އެލަވަންސް:1،800.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯލެވެލް ނުވަތަ އޭލެވެލް އިން 3 މާއްދާއިން (ހިސާބް މާއްދާ ހިމެނޭހެން) ފާސްވެފައިވުން.
  • މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކޮންމެ ދުވަހަކު އަންނަ ސޭލްސް ޓްރާންސެކްޝަންތަށް ޕްރޮސެސްކޮށް ފައިސާގެ ރިސީޕްޓުތަށް ކަސްޓަމަރަށް ހަވާލުކުރުން
  • ކޭޝް ބުކް އާއި ސޭލްސް ރިކޯޑުތަކާއި އަދ އެކަށީގެންވާ ރިޕޯޓުތަށް ކޮންމެ ދުވަހަކުވެސް ހަމައަށް  ދަމެހެއްޓުން.
  • ކޮންމެ ދުވަހަކު ފައިސާގެ ރިކޮންސިލިއޭޝަން އާއި ޑިސްކްރެޕެނސީތަކުގެ ރިޕޯޓު ހެދުން
  • ފައިސާ އާއި އިތުރު ބާވަތުގެ ޕޭމެންޓުތަށް އެ ތަކެތި ހުންނަން ޖެހޭ ތަންތަނަށް ސަމާލުކަމާއެކު ލުން
  • ކަސްޓަމަރުންގެ އޯޑަރުތަކާއި ކަސްޓަމަރުން ދައްކާ ޕޭމެންޓުތަށް ބަލާގަނެ އިތުރު އެހީއެއް ބޭނުންވާނަމަ އެ ކަމއެ ކަސްޓަމަރަށް ކޮށް ދިނުން
  • އޮޕަރޭޝަން އާއި އެއްކޮށް އެކަށީގެންވާ ކަންތަށް ކޯޑިނޭޓް ކޮށްގެން އޯޑަރުތަށް ގަޑިން ގަޑިއަށް ދޫކުރެވޭތޯ ބެލުން
  • ކޮންމެ ދުވަހެއްގެ ނުވަތަ ކޮންމެ ހަފްތާއެއްގެ ސޭލްސްތަކުގެ ޙުލާސާތަށް ތައްޔާރުކޮށް ޑިޕަރޓްމެންޓް މެނޭޖަރަށް ހަވާލުކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 18 އޮގަސްޓު 2026 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.

11 އޮގަސްޓް 2026