ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415-MSS/415/2026/100
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 09:40
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކި ބޭނުންތަކަށް މަގު ކޮނުމާއި، ކޭބަލް ވަޅުލުމާއި ގުޅޭ

އިޢުލާން

އެކި ބޭނުންތަކަށް މަގު ކޮނުމާއި، ކޭބަލް ވަޅުލުމާއި ގުޅޭ

 ތިނަދޫ ސިޓީގެ މަގުތައް އެކި ބޭނުންތަކަށް (ފެނާއި ނަރުދަމާ، ކޭބަލް ޓީވީ، އިންޓަނެޓް އަދި އަމިއްލަ އެކިއެކި ބޭނުންތަކަށް) ކޮނުމުގެ މަސައްކަތް ކުރަމުންދާއިރު، ބައެއް ފަރާތްތަކުން މަސައްކަތް ނިންމުމަށްފަހު އެއްވަރުނުކޮށް ދޫކޮށްލުމާއި، ބިންގަނޑު އެކަށީގެންވާ ފެންވަރަށް ހަރުނުކޮށް ބެހެއްޓުމުގެ ސަބަބުން މަގުތައް ހަލާކުވެ، އާންމު ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާއި، ނުރައްކާތަކާއި ކުރިމަތިވަމުންދާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.

މިފަދަ ކަންކަމަކީ 7 ސެޕްޓެމްބަރ 2014 ގައި ގެޒެޓްކޮށް އާންމުކޮށްފައިވާ "ޤަވާޢިދު ނަންބަރ: (2014/R-200)  ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ޤަވާޢިދު" އާ ޚިލާފު ކަންކަމެވެ. އަދި އެއީ ކަނޑައެޅިގެން މަނާކަމެއް ކަމުގައިވީ ހިނދު، ޤަވާޢިދުގައިވާ ގޮތުގެ މަތިން މަގުކޮނުމުގެ މަސައްކަތް ކުރާއިރު ޤަވާޢިދާއި އެއްގޮތަށް އެންމެހައި ފަރާތްތަކުން ޢަމަލުކުރުމަށް އަންގަމަވެ.

ވުމާއެކު، އެކިއެކި ބޭނުންތަކަށް މަގުކޮންނަމުންދާ އެންމެހާ މުވައްސަސާތަކުންނާއި، ކުންފުނިތަކާއި، އަދި އަމިއްލަ ފަރާތްތަކުންވެސް މި ޤަވާޢިދަށް ފުރިހަމައަށް ބޯލަނބައި ރައްޔިތުންގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވުމަށް އަންގަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 އޮގަސްޓް 2026