ދިވެހިރާއްޖެ
އިޢުލާން
ލޯކަލް މާރުކޭޓު ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލުމަށް ކުރި އިޢުލާން އިސްލާކުރުން
މިއިދާރާއިން ކުރި އިޢުލާން ނަންބަރު (IUL)415-PS/415/2026/90 ގައި މައުލޫމާތު ނުބައިކޮށް ލިޔެވިފައިވާތީ އިއުލާން އިސްލާހު ކޮށް އަލުން އިޢުލާން ކުރަމެވެ.
މިއިދާރާއިން އެކުލަވާލެވިފައިވާ އުސޫލުގެ ދަށުން ތިނަދޫ ސިޓީގެ ލޯކަލް މާރުކޭޓު ގޮޅި ހިންގުމަށް މިއިދާރާއިން ކަޑައަޅާފައިވާ ޞަރަޙައްދުގައި ލޯކަލް މާރުކޭޓު ގޮޅިތައް ވިޔަފާރީގެ އުސޫލުން ދޫކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ދޫކުރުމަށް ހަމަޖެހިފައިވަނީ 15 ފޫޓު 16 ފޫޓުގެ ޖުމްލަ 10 ގޮޅިއެވެ.
މާރުކޭޓުން ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން 19 އޮގަސްޓް 2026 ގެ ނިޔަލަށް ތިނަދޫ ކައުންސިލްގެ ކައުންޓަރުން އެކަމަށް އެދޭ ފޯމް ނަންގަވާ ފޯމް ފުރިހަމަ ކުރައްވާ ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ތަކެއްޗާއިއެކު މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޙަކީ 19 އޮގަސްޓް ގެ 13:00 އެވެ. މިތާރީޙުގެ ގަޑީގެ ފަހުން ފޯމްތައް ބަލައި ނުގަނެވޭނެއެވެ.
ވީމާ، މާރުކޭޓް ގޮޅިހިންގަން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށް އެދި ފޯމަށް ހުށަހަޅުއްވަމުން ގެންދެވުމަށް ޢާންމުކޮށް އަންގާ އިޢުލަން ކުރީމެވެ. މި އިޢުލާނާއިއެކު މާރުކޭޓް ގޮޅިއަށް އެދޭ ފޯމް ހިމެނީމެވެ.