|
މަޤާމު:
|
ޕްރިންސިޕަލް އައި.ސީ.ޓީ އޮޕަރޭޝަންސް ޓެކްނީޝަން
|
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ބާވަތް:
|
ދާއިމީ
|
|
ޕަބްލިކް ސަރވިސް ރޭންކް:
|
08
|
|
މަޤާމުގެ ކްލެސިފިކޭޝަން/ ޖޮބް ފެމިލީ:
|
އައި.ސީ.ޓީ އޮޕަރޭޝަންސް އެންޑް ޔޫސަރ ސަޕޯޓް ޓެކްނީޝަނުން
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ބަންޑާރަނައިބުގެ އޮފީސް/ މާލެ
|
|
އަސާސީ މުސާރަ:
|
-/12،145 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
-/5،670 ރުފިޔާ
|
|
ހާޒިރީ އެލަވަންސް:
|
-/155 ރުފިޔާ (ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް)
|
|
މަޤާމުގެ ޝަރުތުތައް:
|
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- އޮފީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމާއި އައިސީޓީ މެދުވެރިކޮށް ހަރުދަނާކުރުމަށް ބޭނުންވާ ޕްރޮޖެކްޓްތައް ޕްލޭންކުރުމަށް އެހީތެރިކަން ދިނުމާއި، ޕްރޮޖެކްޓްތައް ހިންގައި، އެ ޕްރޮޖެކްޓްސްތަކުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދައި، އެ ފަރާތްތަކާ މަސައްކަތްތައް ޙަވާލުކުރުމާއި، މަސައްކަތްތައް މޮނިޓަރކުރުމާއި، ނިންމަންޖެހޭ ވަގުތުތަކަށް މަސައްކަތްތައް ނިންމާކަން ކަށަވަރުކުރުމާއި، މަސައްކަތްތައް ނިންމުމަށް އޮފީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ޕްރޮޖެކްޓް ނިންމުން .
- އައި.ޓީ އާއި ގުޅުން ހުރި ޕްރޮޖެކްޓްތަކުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ތަރުތީބުކޮށް، މަސައްކަތުގެ ޕްރޮގްރެސް ބެލެހެއްޓުމާއި، ޕްރޮޖެކްޓްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށް ބަލަހައްޓައި، އައި.ޓީ އާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހަވާލުކުރެވޭ ފަރާތްތަކާއި ކުރެވޭ މުއާމަލާތްތައް ހަރުދަނާގޮތެއްގައި ރެކޯޑްކޮށް ބެލެހެއްޓުން .
- އޮފީހުގެ މަސައްކަތްތަކުގައި މައިކްރޮސޮފްޓް 365 އަށް މައިގްރޭޓްކުރުމުގެ އެންމެހައި މަސައްކަތްތައް ހިންގައި ބަލަހައްޓައި، އޮފީހުގެ މަސައްކަތްތައް ހަލުވިކުރުމަށާއި ޑިޖިޓަލައިޖްކުރުމަށްޓަކައި ބޭނުންވާ އެންމެހައި މުހިންމު އާލާތްތައް ބޭނުންކުރާނެ ގޮތްތަކަށް މުވައްޒަފުން އަހުލުވެރިކުރުވައި، އޮފީހަށް މައިކްރޮސޮފްޓް 365 ރޯލް-އައުޓް ކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރުން.
- އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމް 'ކެޕްލަރ' އަޕްގްރޭޑްކުރުމަށް ބޭނުންވާ ބަދަލުތައް ދެނެގަނެ، ކެޕްލަރ ޑިވެލޮޕަރސްއާ ގުޅިގެން އެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
- އޮފީހުގެ ޑޯ-ލޮކް ސިސްޓަމްތައް އަފްގްރޭޑްކުރުމާއި އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމްއާ އިންޓަރްރޭޓް ކުރުމުގެ އެންމެހައި މަސައްކަތްތަކެއް ވިލަރެސްކުރުމާއި އެ މަސައްކަތްތައް ނިންމުން.
- ކްލައުޑްގައި ހޯސްޓުކުރެވިފައިވާ ސިސްޓަމްތަކުގެ ހާލަތު ބަލާއި މޮނިޓަރކުރުމާއި، އެޕްލިކޭތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދިނުން.
- އޮފީހުގެ ބޭނުންކުރާ ހުރިހާ ސޮފްޓްވެއަރތަކާއި އެޕްލިކޭޝަންތައް ރަނގަޅަށް މަސައްކަތްކުރޭތޯ ދުވަހުން ދުވަހަށް މޮނިޓަރކޮށް ބެލެހެއްޓުމާއި، ސޮފްޓްވެއަރތަކަށް އަންނަ އަޕްޑޭޓްތަކާއި ޕެޗްތައް ގަވާއިދުން އިންސްޓޯލްކޮށް، ސިސްޓަމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސޮފްޓްވެރ ބޭންކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންނާއި އިރުޝަދު ދިނުން.
- އެޕްލިކޭޝަންތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން.
- މިނޫންވެސް އޮފީހުގެ އައިސީޓީ އަދި ޑިޖިޓަލައިޒޭޝަން ދާއިރާއިން ޙަވާލުކުރާ އެންމެހައި މަސައްކަތެއްކުރުން.
|
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ބަންޑާރަނައިބުގެ އޮފީހުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް.
- އެހެން އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- މަޤާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ބޭނުންވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓްކޮށްފައި)؛
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ
- ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ސެޓިފިކެޓް ނެތް ޙާލަތެއްގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި):
- މަޤާމުގެ ނަމާއި، ރޭންކް އަދި ކްލެސިފިކޭޝަން ހިމެނޭނަމަ، އެ މަޢުލޫމާތުތައް ހިމެނުމަށް؛
- ލިބޭ މުސާރަ އާއި އިނާޔަތްތައް (ވަކި ވަކިން އެނގޭނެގޮތަށް ހިމެނުމަށް)؛
- ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް)؛
- ވަޒީފާގެ މަސްއޫލިއްޔަތުތަކާއި މައިގަނޑުކޮށް މަސައްކަތްކޮށްފައިވާ ދާއިރާ؛
7. 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، ބެލެނިވެރިޔާ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ.
- އެޕްލިކޭޝަން އާއި ސަޕޯޓިންގ ޑޮކިއުމަންޓްތައް އީ-މެއިލްކުރަންވާނީ ހުރިހާ ޑޮކިއުމަންޓްތަކެއް ޕީޑީއެފް ފޯމެޓްގައި އެއް ފައިލްއަކަށް ހަދާފައެވެ. ޕީޑީއެފް ފޯމެޓް ނޫން އެހެން ފޯމެޓްގައި ހުންނަ ޑޮކިއުމަންޓްތައް ނުވަތަ ވަކިވަކިން އެޕްލިކޭޝަންއާއެކު އީ-މެއިލްކުރާ ޑޮކިއުމަންޓްތައް ބަލައެއް ނުގަނެވޭނެއެވެ.
- އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަރވިއުއަށް ކިޔުން
|
- މަޤާމުގެ އިންޓަރވިއުއަށް ކިޔާނީ، ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލުގެ ދަށުން ހަމައެކަނި ޝޯޓްލިސްޓްވާ ކެންޑިޑޭޓުންނެވެ.
- އިންޓަރވިއު ބޭއްވޭނީ އޮގަސްޓް އަދި ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އެހެންކަމުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވެވޭ ގޮތަށް ޝޯޓްލިސްޓްވާ ކެންޑިޑޭޓުން ހުންނަންވާނެއެވެ.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި މަޤާމަށް ޕޮއިންޓްދޭނެ މިންގަނޑު 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' ގައި ހިމަނާފައިވާނެއެވެ.
|
|
|