ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)182/182/2026/53
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 19 އޮގަސްޓް 2026 14:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ ފުޑް ކޮލިޓީ އެޝުއަރަންސް އޮފިސަރ – މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މަޤާމު:

ސީނިއަރ ފުޑް ކޮލިޓީ އެޝުއަރަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-407742, J-407743, J-407744

ބޭނުންވާ އަދަދު:

03 (ތިނެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7- ސްޓެޕް 1

ޑިވިޝަން/ ސެކްޝަން:

ފުޑް ކޮންޓްރޯލް ޑިވިޜަން، ފުޑް ރެގިއުލޭޝަން ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މުސާރަ:

-/10,767 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/5,025 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް.
  3. ހާޒިރީ އިނާޔަތް: ހާޒިރުވާ  ކޮންމެ ދުވަހަކަށް -/136ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ކާބޯތަކެތީގެ ރައްކާތެރިމަކުގެ ގާނޫނާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
  2. ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް އަދާ ހަމަކުރުމަށްޓަކައި ފަންނީ ގޮތުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި އެ މަޢުލޫމާތާއި އެއްގޮތަށް ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ގެނައުން.
  3. ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅިގެން އެކުލަވާލާ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުމުގައި ކޯޑެކްސްގެ މިންގަނޑުތަކަށް ރިޢާއަތްކުރުމަށް ކުރަންޖެހޭ ކަންކަން ކޯޑެކްސް ސެކްރެޓޭރިއަޓާއި ގުޅިގެން ކުރުން.
  4. ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގައި ބޭނުންކުރާ މެޓީރިއަލް ތައްޔާރުކުރުމާއި އަދި ތަމްރީނުތައް ރޭވުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތަށް ކުރުން އަދި ތަމްރީނުތައް ދިނުމުގައި ބައިވެރިވުން.
  5. ދިވެހިރާއްޖޭއަށް އިންޕޯޓުކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ހަލާލް މިންގަނޑުތައް ކަށަވަރުކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރާ މަސައްކަތުގައި އޮތޯރިޓީން ކުރަންޖެހޭ ކަންކަން ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.
  6. ޑަބް.ލިއު.އެޗް.އޯ، އެފް.އޭ.އޯ ފަދަ ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކުން ކަނޑައަޅާ ކަބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ޕްރޮގްރާމްތަކުގެ މަސައްކަތަކުގެ ތެރެއިން އެމް.އެފް.ޑީ.އޭއިން ކުރުމަށް ކަނޑައަޅާ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.
  7. ޑެސިގްނޭޑަޓް ޕްރޮޑަކްޓް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ސެކްޝަން ހެޑްގެ ލަފާގެ މަތިން ކުރުން.
  8. ކާބޯތަކެތީގެ ރައްކާތެރިކަމާއި ކޮލިޓީއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް (ރިސްކް އެނަލިސިސް)، ފުޑް އެލަރޓްސް އިންފޯސާންގެ މަސައްކަތްތަކާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ޝަކުވާތަކާއި ގުޅޭ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.
  9. ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި އެކްސްޕޯޓުކުރާ ކާބޯތަކެއްޗަށް ހެލްތު ކްލިއަރެންސް ދިނުމުގެ މަސައްކަތުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އެހީތެރިކަން ފޯރުކޮށް ދިނުން .
  10. ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް އިންސްޕްކްޓުކުރުމުގެ މަސައްކަތުގައި ބައިވެރިވުން.
  11. ފުޑް ރަގިއުލޭޓަރީ ޕްރޮގްރާމް ސެކްޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތައް "ISO9001:2015 ސްޓޭންޑަޑް" އާ އެއްގޮތަށް އެކުލުމާއި އަދި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތް ސެކްޝަން ހެޑް އަދި ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން.
  12. ފުޑް ކޮންޓްރޯލް ޑިވިޝަންގެ މަސައްކަތްތަކާއި ގުޅިގެން ޑިރަކްޓަރ ޖެނެރަލް ނުވަތަ ޑިވިޝަން ހެޑް ހަވާލުކުރާ މަސައްކަތްތައް ކުރުމާއި ކުރުވުން.
  13. އޮތޯރިޓީގެ އެހެން ޑިވިޝަންތައް ވިލަރެސްކުރުކުގައި އެހީތެރިވުން އަދި އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
  14. ޞިއްޙީ އެކި ކާރިސާ އާއި ޕެންޑަމިކް އަދި އެމަރޖެންސީތަކުގައި ޢަމަލީ ގޮތުން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗެލަރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. 

ތަޢުލީމީ ރޮނގުތައް:

  1. އެގްރިކަލްޗަރަލް އެންޑް ފުޑް ޑޭޓާ މެނޭޖްމަންޓް  
  2. އެގްރިކަލްޗަރަލް އެންޑް ފުޑް އިކޮނޮމިކްސް  
  3. އެގްރިކަލްޗަރަލް ބަޔޯ ޓެކްނޯލޮޖީ  
  4. އެގްރިކަލްޗަރަލް ފުޑް އެންޑް އެންވަޔަރަންމަންޓަލް ޕޮލިސީ އެނަލިސިސް  
  5. އެގްރިކަލްޗަރަލް ފުޑް ޓެކްނޮލޮޖީ  
  6. އެގްރި-ފުޑް ބިޒްނަސް މެނޭޖްމަންޓް  
  7. އެގްރި-ފުޑް އިކޮނޮމިކްސް އެންޑް ޓްރޭޑް  
  8. އެގްރި-ސަސްޓެއިނަބިލިޓީ އެންޑް ޓެކްނޯލޮޖީ  
  9. އެގްރޯ ބަޔޯ ޓެކްނޯލޮޖީ  
  10. އެގްރޯ ކެމިކަލްސް  
  11. އެގްރޯ ފުޑް ޗެއިން  
  12. އެނަލިޓިކަލް ކެމިސްޓްރީ  
  13. ބަޔޯޓެކްނޮލޮޖީ  
  14. އެންވަޔަރަންމަންޓަލް ބަޔޯ ޓެކްނޮލޮޖީ  
  15. އެންވަޔަރަންމަންޓަލް ބަޔޮލޮޖީ  
  16. އެންވަޔަރަންމަންޓަލް ކެމިސްޓްރީ  
  17. އެންވަޔަރަންމަންޓަލް ސައިންސް  
  18. ފުޑް އެންޑް އެގްރި-ބިޒްނަސް މެނޭޖްމަންޓް  
  19. ފުޑް އެންޑް ރިސޯސް އިކޮނޮމިކްސް  
  20. ފުޑް ކެމިސްޓްރީ  
  21. ފުޑް އިންޖީނިއަރިންގ  
  22. ފުޑް ހައިޖީން  
  23. ފުޑް ލޯ  
  24. ފުޑް މައިކްރޯބަޔޮލޮޖީ  
  25. ފުޑް ޕްރޮސެސިންގް  
  26. ފުޑް ކޮލިޓީ އެޝުއަރެންސް  
  27. ފުޑް ކޮލިޓީ މެނޭޖްމަންޓް  
  28. ފުޑް ސޭފްޓީ  
  29. ފުޑް ސޭފްޓީ މެނޭޖްމަންޓް  
  30. ފުޑް ސައިންސް  
  31. ފުޑް ސައިންސް އެންޑް ޓެކްނޮލޮޖީ  
  32. ފުޑް ސެކިއުރިޓީ  
  33. ފުޑް ޓެކްނޯލޮޖޯ  
  34. އިނޮވޭޝަން އިން ސަސްޓެއިނަބަލް ފުޑް އެންޑް އެގްރިކަލްޗަރ  
  35. އިންޓަރނޭޝަނަލް ފުޑް އެންޑް އެގްރި-ބިޒްނަސް  
  36. މެޑިކަލް ބަޔޮލޮޖީ  
  37. މައިކްރޯބަޔޮލޮޖީ  
  38. ނިއުޓްރިޝަން  
  39. ނިއުޓްރިޝަން އެންޑް ޑައިޓެޓިކްސް  
  40. ކޮލިޓީ އެންޑް ރެގިއުލޭޓަރީ އެފެއާޒް  
  41. ކޮލިޓީ އެޝުއަރެންސް  
  42. ކޮލިޓީ އެޝުއަރެންސް އެންޑް ރެގިއުލޭޓަރީ އެފެއާޒް  
  43. ރެގިއުލޭޓަރީ އެފެއާޒް  
  44. ސަސްޓެއިނަބަލް އެގްރިކަލްޗަރ އެންޑް ފުޑް ސެކިއުރިޓީ  
  45. ސަސްޓެއިނަބަލް ފުޑް އެންޑް އެގްރިކަލްޗަރަލް ޕޮލިސީ 

ގުޅޭ ވަޒީފާގެ ދާއިރާތައް

 - ފުޑް ސޭފްޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓު ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 19 އޯގަސްޓް 2026ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި        އިމްތިޙާނުއޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އަދި އިންޓަރވިއު އޮންނާނީ، 2026 އޯގަސްޓް/ ސެޕްޓެމްބަރ މަހު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް  [email protected] އަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3034211 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

10 އޮގަސްޓް 2026