ދިވެހިރާއްޖެ
އިޢުލާން
ކޮޅުމަޑުލު ތިމަރަފުށީ ފުޓްސެލް ދަނޑުގެ ދެ ޗޭންޖިންގ ރޫމްގައި އަމިއްލަތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
ތ. ތިމަރަފުށީ ކައުންސިލް އިދާރާއިން ދޭ މައުލޫމާތާއި އިރުޝާދާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ތިމަރަފުށީ ފުޓްސެލް ދަނޑުގެ ދެ ޗޭންޖިންގ ރޫމްގައި އަމިއްލަތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ތިމަރަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ބިޑް ހުށައެޅުން އޮންނާނީ 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި އިދާރާގައެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކުރެވިގެން ހިންގާ އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކަށާއި، ކުންފުނިތަކަށެވެ.
އަދި މައުލޫމާތު ދިނުމުގެ ސެޝަނަށް ހާޟިރު ނުވާ އެއްވެސް ފަރާތަކުން ހުށައަޅާ އަގު ބަލައެއް ނުގަނެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 6780673 ނަންބަރަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.