މަސައްކަތް
ނަންބަރު: (IUL)322/322/2026/96
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި:
13 އޮގަސްޓް 2026 09:15
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބ.ހިތާދޫ ފުޓްސެލް ދަނޑުގެ ލައިޓް ޕޯސްޓްތައް އުސްކުރުމުގެ މަސައްކަތަށް ކޯޓޭޝަން ބޭނުންވެއްޖެ
- ބ.ހިތާދޫ ފުޓްސެލް ދަނޑުގެ ލައިޓް ޕޯސްޓްތައް އުސްކުރުމުގެ މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ. ނުވަތަ ކޯޓޭޝަނާއެކު ސިޓީއަކުން އަންގަންވާނެއެވެ.
- ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނެ އަގު (ޖީއެސްޓީ އަށް ރޖިސްޓްރީ ކޮށްފައިވާ ފަރާތެއް ނަމަ ޖީއެސްޓީ ހިމަނައިގެން) އަދި މުއްދަތު (ބަންދު ދުވަސްތައް ހިމަނައިގެން) ޖަހަންވާނެއެވެ.
- އަދި މި މަސައްކަތަކީ 08 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް ނިންމަން ބޭނުންވާ މަސައްކަތެއް ކަމުން، 08 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް ނިންމޭނެ މުއްދަތެއް ޖެހުމަށްވެސް ދަންނަވަމެވެ.
- މިމަސައްކަތް ކުރުމުގެ ސަބަބުން އެޅޭ އެންމެހާ ކުނިބުނިތައް ނަގައި އެތަންތަން ރަނގަޅަށް ސާފު ކުރަންވާނެއެވެ. އަދި މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ.
- ކޯޓޭޝަން ހުށަހެޅުން އޮންނާނީ 2026 އޮގަސްޓް 13 ވަނަ ދުވަހުގެ 09:15 ގައި މިއިދާރާގައެވެ. އަދި މެއިލް މެދުވެރިކޮށް ހުށަހެޅޭ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
10 އޮގަސްޓް 2026