ބީލަން
ނަންބަރު: (IUL)22-PU/22/2026/205
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 14 އޮގަސްޓް 2026 23:59
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގެ އިވެންޓް މެނޭޖްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގެ އިވެންޓް މެނޭޖްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން:

1. އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގެ އިވެންޓް މެނޭޖްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2026 އޮގަސްޓު 10 ން 2026 އޮގަސްޓު 14 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: forms.moe.gov.mv

4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޮގަސްޓު 15 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 9 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

5. ބީލަން ހުޅުވުން އޮންނާނީ 2026 އޮގަސްޓު 17 ވަނަ ދުވަހުގެ 09:00 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓިންގ ރޫމް 03 ގައެވެ.

6. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.moe.gov.mv  އިން 2026 އޮގަސްޓު 10 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

7. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:    3041242 / 3041249

އީ-މެއިލް:  [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: forms.moe.gov.mv

10 އޮގަސްޓް 2026