ދިވެހިރާއްޖެ
ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭ 2026
2026 އޮގަސްޓް 18 ވަނަ ދުވަހުން ފެށިގެން، 2026 އޮގަސްޓް 27 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހިންގާ " ގޭބީސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރި ގޮތުގެ ސަރވޭ 2026 " މިރަށުގައި ކުރިއަށްދާނެ ވާހަކަ އެންމެހާ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. މި ސަރވޭ ކުރުމަށް ހޮވާފައިވަނީ މިއިޢުލާނާއިއެކު ހިމަނާފައިވާ، ރަށުގެ ޗާޓްގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ ގޭބިސީތަކެވެ. ސާރވޭ ކުރަމުންދާ ފަރާތަކުން ފީލްޑްގައި ޙަރަކާތްތެރިވާނީ ރަސްމީ ދުވަސްތަކުގައި، ހެނދުނު 08:30 ން އިރުއޮއްސި 06:30 ގެ ނިޔަލަށެވެ. އަދި ބަންދު ދުވަސް ދުވަސްތަކުގައި، ހެނދުނު 09:00 އިން އިރުއޮއްސި 07:00 ގެ ނިޔަލަށެވެ. މިސަރވޭގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.