ޢާންމު މަޢުލޫމާތު
ނަންބަރު: (PP)322/322/2026/3
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 08:43
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމާއި، މެންބަރުން އިންތިހާބުކުރުމުގެ އުސޫލު - އިސްލާޙުކުރެވިފައި

މި އުސޫލުގެ 1 ވަނަ ނަންބަރުގެ (ހ), 5 ނަންބަރު (ނ) ގެ 6 ވަނަ ޕޮއިންޓް، 14 ވަނަ ނަންބަރު، 14 ވަނަ ނަންބަރުގެ (4) ގެ (ހ) އަދި މި އުސޫލުގެ 15 ވަނަ ނަންބަރު ވަނީ މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ޢާއްމު ޖަލްސާ އިން އަންނަވި ގޮތަށް އިޞްލާޙުކުރުމަށް ނިންމާފައެވެ.

1. މި އުސޫލުގެ 1 ވަނަ ނަންބަރު (ހ) "މި އުސޫލަކީ، ޤާނޫނު ނަންބަރ 2002/1 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެ ޤަވާއިދުގެ ދަށުން މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިހްތިޞާސްގައި ހިމެނޭ ފާސްކުރެވުނު ލޭންޑްޔޫސް ޕްލޭންގައިވާ 29 ގޯއްޗާއި، ކުރިން ދޫކުރި ގޯތިތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުން ދޫކޮށްލާފައިވާ 8 ގޯއްޗާއެކު ޖުމްލަ 37 ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓާނެ ވަގުތީ ކޮމެޓީއެއް އެކުލަވާލުމުގެ އުސޫލެވެ." 

2. މި އުސޫލުގެ 5 ނަންބަރު (ނ) ގެ 6 ވަނަ ޕޮއިންޓް "މުއައްސަސާ ތަކުން 1 މެންބަރުން.(ހިތާދޫ ސްކޫލުން 1، ހިތާދޫ ސިއްހީމަރުކަޒުން 1، ހިތާދޫ ސްޓެލްކޯ ބްރާންޗުން 1 މެންބަރު)"

3. މި އުސޫލުގެ 14 ވަނަ ނަންބަރު "ލޭންޑްޔޫސް ޕްލޭންގައިވާ 29 ގޯއްޗާއި ކުރިން ދޫކުރި ގޯތިތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުން ދޫކޮށްލާފައިވާ 8 ގޯއްޗާއެކު ޖުމްލަ 37 ގޯތި ބ.ހިތާދޫގެ ބިމުން ދޫކުރުމުގައި އެންމެ އިންސާފުވެރިކަމާއި އެކު، އެންމެ ޒަރޫރީ ވެފައިވާ ފަރާތްތައް ފާހަގަކުރުމަށް އަންނަނިވި މަސައްކަތްތައް ހިންގާ ރޭވުން"

4. މި އުސޫލުގެ 14 ވަނަ ނަންބަރުގެ (4) ގެ (ހ) "މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އާންމު ޖަލްސާގައި ދޫކުރުމަށް ފާސްކޮށްފައިވާ 37 ގޯތީގެ ބިން ކަށަވަރުކޮށް  ސަރަހައްދު ޔަޤީންކުރުން"

5. މި އުސޫލުގެ 15 ވަނަ ނަންބަރު "މި އުސޫލުގައި އިބާރާތެއް ހިމަނާފައިވާގޮތް ނޫން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހާ ހިނދަކު، މި އުސޫލުގައި ބޭނުންކޮށްފައިވާ އިބާރާތްތަކާއި ބަސްބަހާއި ބޭނުން ކުރާނީ، ޤާނޫނު ނަންބަރު 2002/1 ދިވެހި ރާއްޖޭގެ ބިމާބެހޭ ޤާނޫނު ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދުގައި ބޭނުންކޮށްފައިވާ ގޮތުގެ މަތިން ނުވަތަ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. "ކޮމެޓީ" ކަމަށް ބުނެފައި އެވަނީ، މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިހްތިޞާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓާކައި 37 ގޯތި ދޫކުރުމުގެ މަސައްކަތް ހިންގާ، އެ ގޯތިތައް ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓާނެ ވަގުތީ ކޮމެޓީއެވެ. "ގޯތި" ކަމަށް ބުނެފައި އެވަނީ، ހިތާދޫގެ ލޭންޑްޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރުމަށް ފާހަގަކޮށްފައިވާ ބިމުގެ ސަރަހައްދަށެވެ، "ކައުންސިލް އިދާރާ" ކަމަށް ބުނެފައި އެވަނީ، މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ  ކައުންސިލްގެ އިދާރާއަށެވެ."

10 އޮގަސްޓް 2026