މަސައްކަތް
ނަންބަރު: 564-A/IUL/2026/28
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 16:50
ސުންގަޑި: 17 އޮގަސްޓް 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިކޯޓުގެ ކޯޓުރޫމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ؛

މިކޯޓުގެ ކޯޓުރޫމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މިކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް/ދުވަސް

ގަޑި

ހާޟިރުވާންޖެހޭ ތަން

މަޢުލޫމާތު ސާފުކުރުން

17 އޮގަސްޓް 2026 (އާދިއްތަ)

13:00

ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓް

އަންދާސީ ހިސާބު ހުށަހެޅުން

27 އޮގަސްޓް 2026 (އަންގާރަ)

13:00

ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓް

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު މިކޯޓަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމަށްފަހު، ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 އޮގަސްޓް 2026