ދިވެހިރާއްޖެ
މިކޯޓުގެ ހުރިހާ ރޫމްތަކެއްގައި ހުރި ދޮރުތައް ނަގާ އައު ދޮރު ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މިކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް/ދުވަސް |
ގަޑި |
ހާޟިރުވާންޖެހޭ ތަން |
|
މަޢުލޫމާތު ސާފުކުރުން |
17 އޮގަސްޓް 2026 (އާދިއްތަ) |
13:00 |
ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓް |
|
އަންދާސީ ހިސާބު ހުށަހެޅުން |
27 އޮގަސްޓް 2026 (އަންގާރަ) |
13:00 |
ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓް |
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު މިކޯޓަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމަށްފަހު، ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.