މުބާރާތް
ނަންބަރު: (IUL)337-PP/337/2026/55
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 16:28
ސުންގަޑި: 18 އޮގަސްޓް 2026 13:30
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފުށީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ކުޅިވަރު މުބާރާތްތައް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެދި އިއުލާން ކުރުމާއި ގުޅޭ

 (IUL)337-PP/337/2026/55 ނަންބަރު

އިޢުލާން

 

މާފުށީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ކުޅިވަރު މުބާރާތްތައް  ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެދި އިއުލާން ކުރުމާއި ގުޅޭ

 

މި އިދާރާގެ ނަންބަރު (IUL)337-PP/337/2026/4307 ޖުލައި 2026 ގައި ކުރެވިފައިވާ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފާހަގަކުރެވޭތީ، އެ އިޢުލާން ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

މިކައުންސިލްގެ ސްޕޯޓްސް ކަލަންޑަރުގައިވާ ގޮތަށް މުބާރާތްތައް ކުރިއަށް ގެންދިއުމަށާއި،މި ކަލަންޑަރުގައި ހިމެނޭ ކައުންސިލް "ވޮލީބޯޅަ މުބާރާތް" ކައުންސިލް " ފިއެސްޓާ 2026، އަދި ކައުންސިލް ފުޓްބޯޅަ މުބާރާތް 2026، ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ރަށުގެ ކްލަބްތަކާއި،ޖަމްއިއްޔާތައް ނުވަތަ އަމިއްލަ ވިޔަފާރިތައް 18 އޮގަސްޓު 2026 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން މިކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅާނީ (ކޮންމެ މުބާރާތެއް ހިންގުމަށްދާނެ ހަރަދުގެ  ތަފްސީލް އެނގޭނެހެން ވަކިވަކިންނެވެ.)

 ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް

އަގު:

ތަޖުރިބާ

80%

20%

 

ޕްރޮޕޯސަލް ހުށަހެޅުން:

18 އޮގަސްޓު  2026 ވަނަ ދުވަހުގެ 13:30 ގައި މިކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައި

ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައިއެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި  ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073/ 7201050 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

27 ޞަފަރު 1448

09 އޮގަސްޓު 2026

 

09 އޮގަސްޓް 2026