ބީލަން
ނަންބަރު: (IUL) Q3-NHC/2026/001
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 17 އޮގަސްޓް 2026 13:30
ހުވަދު އަތޮޅު ދެކުނުބުރީ ނަޑެއްލާ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ނަޑެއްލާ ސިއްޙީ މަރުކަޒުގެ ޕޯރޓިކޯ އޭރިޔާ އަމިއްލަ ތަކެތީގައި މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ނަޑެއްލާ ސިއްޙީ މަރުކަޒުގެ ޕޯރޓިކޯ އޭރިޔާ އަމިއްލަ ތަކެތީގައި މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

 

މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް މި މަރުކަޒުގެ ޕޯރޓިކޯ އޭރިޔާ މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމާއި، ބީލަންހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

11 އޮގަސްޓް 2026

14:00 ގެ ކުރިން

ރަޖިސްޓްރީ ލިންކު:

Bid Registration Form – Fill out form

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި

17 އޮގަސްޓް 2026 – 13:30

 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6842612 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

 

 

 

09 އޮގަސްޓް 2026