ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)253-OU-08275/253/2026/29
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 11 އޮގަސްޓް 2026 14:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭޓޫ ޝީޓް- ކައުންސިލް އެސިސްޓެންޓް (ކޮންޓްރެކްޓް)

ިއިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ކައުންސިލް އެސިސްޓެންޓްގެ މަޤާމަށް މީހުން ހޯދުމަށްޓަކައި 21 ޖުލައި 2026 ގައި މިއިދާރާއިން ކުރި، ނަންބަރ: (IUL)253-OU-08275/253/2026/26 ގެ އިޢުލާނުގައިވާ ކައުންސިލް އެސިސްޓެންޓް ގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތަށް ޕޮއިންޓް ލިބުނު ގޮތުގެ A2 ޝީޓް މި އިޢުލާނާއެކު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ، އިޢުލާން ޢާންމުކުރާ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6500029 އާއި ގުޅުއްވުން އެދެމެވެ.

 

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                  26 ޞަފަރު 1448

09 އޮގަސްޓް 2026